ކުއްލި ޚަބަރު

ރަގް ވިޔަފާރިކުރާ އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް ނޯންނާނެ: އިހްސާން

ކައުންސިލް އިންތިހާބު ބާއްވާ ތާރީޚް އޭޕްރީލް ހަތަރަކަށް ބަދަލުކޮށްފި

ލަންކާގައި އުޅޭ ދިވެހީން ކުރިއަށްގެންދާ އެހީގެ ހަރަކާތް ވަރަށް ކާމިޔާބު!

ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް މަޚްލޫފު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަޙްމަދު މަޚްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް އަޙްމަދު މަޙްލޫފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޚްލޫފް އެ މަޤާމަށް އައްޔަންކުރަން ފާސްކުރީ 60 މެންބަރުންގެ އިންތިފާގުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަޚްލޫފް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޚްލޫފުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ. އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ކޮމިޓީން ވަނީ ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅައިފައެވެ. މަޚްލޫފަށް ރުހުންދޭން ނިންމީ އިއްޔެގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރުމަށްފަހުއެވެ.

ޖަޕާނުގެ ސަފީރުކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު މި އަހަރުގެ ޖުލައި 28 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

ވެރިކަންކުރާ ޕީއެންސީއާ މަޚްލޫފް ގުޅިވަޑައިގަތީ ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ އޮތް ޕީއެންސީގެ ބޮޑު ޖަލްސާގައެވެ. މިދިޔަ އެމްޑީޕީ ވެރިކަމުގައި މަޚްލޫފަކީ ޔޫތު މިނިސްޓަރެވެ. މަޙްޚްލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މިނިސްޓަރުކަމުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މަޚްލޫފް އިންތިޚާބުވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަޒަކިސްތާން ސަފީރަކަށް އަޒީމާ، މޮރިޝަސްއަށް މަސްޢޫދު އައްޔަން ކުރައްވަން ފާސްކޮށްފި

ޖަޕާނުގެ ސަފީރު، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ކަނޑައެޅުއްވި މުޙައްމަދު ލުވޭޒު، ސަފީރުކަމުގެ ފަތްކޮޅުއަރުވައިފި

ރާއްޖެއިން ސްވިޓްޒަލޭންޑަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

TTH_advertisement