ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަބަދު ދެވޭ ގޮތަށް ފާސްކޮށްފި

majilis
STO_Ads
TTH_Ads
Advertisement

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވެއްޖެ ނަމަ އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އެ އަދަބު ކަނޑައަޅަން އިއްތިފާގުވުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ގާނޫނުގެ ދަށުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ޕެރޯލްގެ ދަށުން ދޫނުކުރެވޭނެ އެވެ. އަދި އަދަބު ލުއިކޮށް މައާފު ވެސް ނުދެވޭނެ އެވެ. މީގެ އިތުރުން މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހަަކަށް އެ އަދަބު ކަނޑައެޅޭނެ ތިން ހާލަތެއްގައެވެ. އެއީ 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުމާއި އެތެރެކޮށްފައިވަނީ 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުމާއި ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން ކަމަށް ބިލްގައިވެއެވެ. އަދި އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.

HajjCop_ads
Advertisement

ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެ އެވެ.

ސަރުކާރުގެ ފަރާތުން ގަމުދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ ގާނޫނު ނަމްބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން މިއަދު ފާސްކޮށްފައި 65 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު ދަންމައިލަނީ

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން