ކުއްލި ޚަބަރު

ކަންނެލި ދޯނީގައި އަލިފާން ރޯވުން: މިހާރު ފަރުވާދެމުން ދަނީ 53 އަހަރުގެ ދިވެއްސަކަށް

އިހަވަންދޫގައި އަލަށް ބިނާކުރި މިސްކިތް ހުޅުވައިފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ ހަޝީޝް އޮއިލް އަތުލައިގެންފި

ޔޫއޭއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަށާއި، އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓް މެދުވެރިކޮށެވެ.

ރައީސްގެ މެސެޖުގައި، އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ހިސް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާޔިދު އާލް ނަހްޔާންއަށް ހާއްސަކޮށް ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ، މި ދުވަހަކީ ޔޫއޭއީގެ އެއްބައިވަންތަކަމާއި، ދުރުވިސްނުމާއި، ކުރިއެރުމުގެ މުހިންމު ދަތުރު ފެށުނު ދުވަސްކަމަށާއި، މި ދަތުރުގެ ސަބަބުން އެ ޤައުމަކީ އީޖާދީ ގޮތްތަކާއި ތަރައްޤީގެ ބައްތިއެއްގެ ގޮތުގައި ވެފައިވާކަމަށެވެ.

ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށާއި، އެއްބާރުލުމަށް ރާއްޖެއިން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ފާހަގަކުރައްވާފައެވެ. އަދި “މި ގުޅުންތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ” ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޔޫއޭއީގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމުގެ ހަތް އެމިރޭޓްސް އެއްބައިވެގެން އެކުވެރި ޢަރަބި އިމާރާތް އުފެދުނު ދުވަހުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއާއި ޔޫއޭއީއަކީ ތާރީޚީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ

Khabaru online 2 2048x1365

ބަންގްލަދޭޝްއާ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ޓައިމްގެ ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމުން ޑަބްލިއުއެޗްއޯގެ ތައުރީފު

ޖަރުމަނުވިލާތަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

TTH_advertisement