ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މާލޭގެ ބާޒާރުމަތީގައި އެސްޓީއޯގެ އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

Whatsapp image 2025 12 01 at 20.16.10

މާލޭ ބާޒާރުމަތީގައި، ކުރިން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހިންގި ތަނުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފިއެވެ.

އެސްޓީއޯއިން މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ކެއިންބުއިމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހެޔޮ އަގެއްގައި، ފަސޭހައިން ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލިބޭނެ މަގުފަހިކޮށްދިނުންކަމަށް އެކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން އަސާސީ 23 ބާވަތް މި ސެންޓަރުން ލިބޭނެކަމަށެވެ. މީގެ އިތުރުން، މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މި ތަކެތި ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، އަދި މި ފިހާރަ މެދުވެރިކޮށް ދަނޑުވެރިން އުފައްދާ ބާވަތްތައް ހޯލްސޭލްކޮށް ގަނެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަމަށެވެ.

Image Name
އެސްޓީއޯއިން ބުނީ މި ހޯލްސޭލް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު 1:00 އިން ހަވީރު 5:00 އަށްކަމަށެވެ.

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ހުޅުމާލޭގައި ވެސް އައުޓްލެޓެއް ހުޅުވައި، ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ޚިދުމަތްތައް ފުޅާކުރުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

STO

އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 15.5 ބިލިއަން ރުފިޔާ

ރާއްޖެއާއި އޮމާނާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި

STO

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެސްޓީއޯ ރޯދަ ސޭލް: ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ފަށައިފި

TTH_advertisement