ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިލޯނާއި އެކު ދިވެހީން ޓެލެތޯނަށް އެޗްޑިސީން 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން 100،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާ ކުރީ 100،000 ރުފިޔާއެވެ. ފައިސާ ހަވާލުކުރުމަށް ސްޓެލްކޯގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯނަށް އެކި ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. 37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިހާރު ފަށާފައިވާއިރު މިރޭ މެންދަމު 1:00ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ. މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.

މިއަދު މެންދުރު 2:00 އާހަމައަށް ކުރިއަށްގެންދާ މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި