ކުއްލި ޚަބަރު

އައްޑޫ ބޮޑު ޑްރަގް ނެޓްވޯކް އަތުލައިގަތުން: ބޮޑުންގެ ވަނަވަރު ހާމަކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހިޔާވަހި ލޯނަށް ލުއިގޮތްތަކެއް ރައީސް ހަމަޖައްސަވައިދެއްވައިފި

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން މިނިވަންނުކުރެވޭނެ: ރައީސް

ސިލޯނާއެކު ދިވެހީން: އެސްޓީއޯއިން 250,000 ރުފިޔާ

Big la11rfgybnp1p3wkbvjtjoqnw

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ގުޅިގެން ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގެ މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން 250,000 ރުފިޔާގެ ފައިސާގެ އެހީއެއް ފޯރުކޮށްދެއްވައިފިއެވެ.

ހޯމަދުވަހު މެންދުރުފަހު 2:00 ހަމައަށް ކުރިއަށްގެންދާ މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެސްޓީއޯއިން ފޯރުކޮށްދެއްވި 250,000 ރުފިޔާގެ އެހީ ހަވާލުކޮށްފައިވަނީ ސިލޯނާއެކު ދިވެހީން ޓެލެތޯންގެ ކަވަރޭޖްގެ ތެރެއިންނެވެ. އަދި މި ފައިސާގެ އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިމެނޭގޮތަށް ދެއްވި އެހީއެކެވެ.

މި ޓެލެތޯނަށް މިހާތަނަށް ވަނީ 6 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާގެ އެހީ ލިބިފައެވެ.

37 މީޑިއާއެކު ކުރިއަށްގެންދާ މި ޓެލެތޯން ފެށީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައެވެ. އާދިއްތަދުވަހުގެރޭ މެންދަމު 1:00ޖެހުމާ ހަމައަށް ޓެލެތޯން ކުރިއަށްގެންދަން ކުރިން ނިންމާފައި އޮތްނަމަވެސް، މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

25،000 ކޭސް މަސްދަޅު ހިފައިގެން އެސްޓީއޯގެ ބޯޓެއް ލަންކާއަށް ފުރައިފި

ސިލޯނާއެކު ދިވެހީން: ފުލުހުންގެ ފަރާތުން 2.4 މިލިޔަން ރުފިޔާ

“ސިލޯނާއެކު ދިވެހީން” ޓެލެތޯންއިން މިހާތަނަށް 5.4 މިލިއަން ރުފިޔާ ޖަމާކޮށްފި

ސިލޯނާއެކު ދިވެހީން: އައިއޭސީ 5 ލައްކަ ރުފިޔާ، މިހާތަނަށް އެންމެ ބޮޑު ފައިސާގެ އެހީ

TTH_advertisement