ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން ހޯދަން ފަށައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ބުނީ ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
ލަންކާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ ބުރާސްފަތި ދުވަހު އެގައުމުން 56 މީހުން މަރުވި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން ނުވަރަލިޔާ ސަރަހައްދުން 25 މީހުން މަރުވެ، 21 މީހަކު ގެއްލުނުކަމަށް ލަންކާ ސަރުކާރުން ބުންޏެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އަދި ޒިޔާރަތްކުރާ ލަންކާގައި ފެންބޮޑުވެ ކޯރުތައް ބަންޑުން ޖަހާލުމުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރުވެސް ވަނީ ހަލާކުވެފައެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެގައުމަށް ވަނީ ރެޑް އެލާޓް ނެރެފައެވެ.
ކިޔުންތެރިންގެ ހިޔާލު