ކުއްލި ޚަބަރު

ތިނަދު އާއި އުނގޫފާރުގައި ވެސް އިސްލާމީ ކުތުބުޚާނާއެއް ހުޅުވަނީ

ލަންކާގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއް ގެއްލިގެން ހޯދަނީ

ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިސް 10 އަހަރުގެ ޖަލު ޙުކުމެއް

މާފަރު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

Ii

ނ. މާފަރު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާފަރު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އާ އިމާރާތުގައި ޤާއިމުކުރެވޭނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީ އަދި އެކްސްރޭގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން  ނާސް ސްޓޭޝަނާއި މީޓިންގ ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމުގެ އިތުރުން ޕޯޓިކޯ ޤާއިމްކުރާނެއެވެ.

މި ޚިދުމަތްތައް ޤާއިމުވުމުން، މާފަރުގެ ރައްޔިތުންނަށް ފަރުވާގެ ބޭނުމަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު ކުޑަވެ، ރަށުތެރެއިން ޒަމާނީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނާއި ކައުންސިލްގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

މިއަދުން ފެށިގެން ވަނީ މާފަރު ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މި މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށްވެސް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ މިއަދު އިފްތިތާހުކުރެވުނު ޚިދުމަތްތަކަކީ މާފަރު ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތްތަކެއް ކަމަށެވެ.

“މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު މިރަށަށް އައިން. އެ ދަތުރުގަ މިރަށުގެ ސިއްޙީ މަރުކަޒުގެ އިމާރާތައް ބޭނުންވާ ޖާގަ އިތުރުކުރުމަށް ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުނު. ދުވަސްކޮޅެއް ފަހުން ބިންގާ އެޅުމުގެ ރަސްމިއްޔާތު އަޅުގަނޑުމެންނަށް މި ކުރިއަށްގެންދެވުނީ. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ ވަރަށް ބާރު ސްޕީޑެއްގައި މި މަސައްކަތް ކުރިއަށްގެންދެވި، މަސައްކަތް އެއްކޮށް ނިންމާލެވޭ މަންޒަރު.” ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތް ރައީސް އިފުތިތާހުކޮށްދެއްވަައިފި

ތަރައްޤީއަށްޓަކައި ކުރަންޖެހިފައި ހުރި ކަންކަން ކުރަމުންދާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް: ރައީސް

ރައީސް މާފަރު ކައުންސިލާއި ބައްދަލުކުރައްވައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މާފަރު ގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

TTH_advertisement