މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ ރިސޯޓްތަކުން ޑޮލަރުން ދައްކާ ޖީއެސްޓީގެ އާމްދަނީ ވަނީ 20.4 ޕަސެންޓު އިތުރުވެފައެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި ރިސޯޓްތަކުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖީއެސްޓީގެ ގޮތުގައި ދައްކާފައިވަނީ 114 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިސޯޓްތަކުން ޖީއެސްޓީގެ ގޮތުގައި ދެއްކީ 95 މިލިއަން ޑޮލަރެވެ.
ރިސޯޓްތަކުން ދައްކާ ޖީއެސްޓީ އިތުރުވި ނަމަވެސް ގެސްޓްހައުސްތަކުން ދައްކާ މިންވަރު ތިންވަނަ ކުއާޓަރުގައި ދަށްވެފައި ވެއެވެ. މިދިޔަ އަހަރު ގެސްޓްހައުސްތަކުން ޖީއެސްޓީގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ދައްކަމުން ދިޔައިރު މި އަހަރު މި އަދަދު 1.7 މިލިއަން ޑޮލަރަށް ދަށްވެފައި ވެއެވެ. މީގެ އިތުރުން ޑައިވް ސެންޓަރުތަކުން ދައްކާ ޖީއެސްޓީ 13 ޕަސެންޓު އިތުރުވެ މި އަހަރު 2.2 މިލިއަން ޑޮލަރަށް އަރައިފައިވާއިރު މިދިޔަ އަހަރު ޑައިވް ސެންޓަރުތަކުން ދެއްކީ 2 މިލިއަން ޑޮލަރެވެ.
ކިޔުންތެރިންގެ ހިޔާލު