ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލަށް ރައްކާތެރިކަން ނުލިބެނިސް ލުބުނާނަށް ހަމަޖެހުން އަޔަކަ ނުދޭނޭ ކަމަށް ބުނެފި

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ޔިސްރައިލް ކާރޒް (ވ)

އިސްރާއީލަށް ރައްކާތެރިކަން ނުލިބި، ލުބުނާނަށް ހަމަޖެހުމެއް އަޔަ ނުދޭނޭ ކަމަށް ބުނެ، އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ޑިފެންސް މިނިސްޓަރ ޔިސްރައިލް ކާރޒް ލުބުނާނަށް ވަރުގަދަ އިންޒާރުތަކެއް ކޮށްފިއެވެ.

އިސްރާއީލުގެ މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ކާރޒް ބުނީ، ހިޒްބުﷲއިން ހަތިޔާރު ބަހައްޓައި އަމާން ނުދޭހާ ހިނދަކު އިސްރާއީލު ސިފައިން ލުބުނާނުގެ ތެރޭގައި ހިންގާ “އޮޕަރޭޝަން” ހައްތަހާ ދާނީ ފުޅާކުރަމުން ކަމަށެވެ.

އިސްރާއީލު ސިފައިން މިހާރު ގާއިމްވެ ތިބި ލުބުނާނުގެ ދެކުނުގެ ރަށްތަކުންވެސް ސިފައިން ނުފައިބާނޭ ކަމަށް ޓެރަރިސްޓު ދައުލަތުގެ ހަނގުރާމައިގެ މިނިސްޓަރު ބުނެފައި ވެއެވެ.

ކާރޒް ބުނީ، އަހަރު ނިމެން ވާއިރަށް ހަތިޔާރު ބަހައްޓަން އެމެރިކާއިން ހެދި އެއްބަސްވުމުގައި ހިޒްބުﷲގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމެއް އަދި ނުހިނގާ ކަމަށެވެ.

އެކަމަކު، ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާ އެކު ވެފައިވާ އެއްބަސްވުމަށް އަހަރު ވެގެން ގޮސްފައިވާއިރު، އިސްތިއުމާރީ ބާރުން ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ލުބުނާނަށް ގެންދަނީ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އާންމު އެތައް ބަޔަކު މަރުވެފައި ވެއެވެ.

ނުވިތާކަށް، އެއްގަމުމަގުން ލުބުނާނަށް އަރައިގެންފައިވާ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ތެރޭގައި މަރުކަޒުތައް ހަދައިގެން އަދިވެސް އެބަ ތިއްބެވެ. އެމީހުން ބޭލުމަށް އެމެރިކާވެސް ވަނީ ނުކުޅެދިފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަނީ، އިސްރާއީލުގެ ސިފައިން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިހަށްދުވަހު ދިން ޓެރަރިސްޓު ހަމަލާވެސް ދިފާއުކޮށްފައެވެ.

ކާރޒް ބުނީ، ބެއިރޫތަށް އަދިވެސް ހަމަލާ ދޭނޭ ކަމަށާއި، އިސްރާއީލުގެ ސަލާމަތަށް ޔަގީންކަން ލިބެންދެން ލުބުނާނު ހަމަޔަކަށް އެޅުނަ ނުދޭނޭ ކަމަށެވެ.

އިސްރާއީލުގެ ޓެރަރިސްޓު ޑިފެންސް މިނިސްޓަރ ޔިސްރައިލް ކާރޒް ލުބުނާނަށް އިންޒާރުތަކެއް މިދިނީ، އިސްރާއީލުގެ ޑިފެންސް މިނިސްޓްރީ ތެރޭގައި ބޮޑެތި އަރާރުންތަކެއް އުފެދި، ޑިފެންސް މިނިސްޓަރުކަން ކާރޒް ވަކިކުރަން ނަތަންޔާހޫ އުޅޭ ކަމުގެ ރިޕޯޓްތަކެއް ފެތުރިފައި ވަނިކޮށެވެ.

މައްސަލަ ޖެހިގެން އުޅެނީ، އިހަށްދުވަހު އަސްކަރިއްޔާއިން ވަކިކުރި ޖެނެރަލުންގެ ބަދަލުގައި އެ މަގާމުތަކަށް އެހެން މީހުން އައްޔަން ކުރުން ޔިސްރައިލް ކާރޒް ގަސްދުގައި ލަސްކުރަމުންދާ މައްސަލާގައި ޗީފް އޮފް ސްޓާފް އީޔަލް ޒަމިރްއާއި ކާރޒްއާ ދެމެދު ބޮޑެތި އަރާރުންތަކެއް ހިނގައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކާރޒް ވަކިކުރުމަށްފަހު ޑިފެންސް މިނިސްޓަރަކަށް ނަތަންޔާހޫ ލާން އުޅެނީ މިހާރު ފޮރިން މިނިސްޓަރު ކަމުގައި ހުރި ގިޑިއޯން ސާރްއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ