ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާސަންދައިން ނުލިބޭ ބޭސްތައް އާސަންދައިން ލިބޭގޮތް ހަމަޖައްސަނީ

Ii

އާސަންދައިގެ ދަށުން ނުލިބޭ ބޭސްތައް އާސަންދައިގެ ދަށުން ލިބޭނެގޮތް ހެދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

މީކާއީލް ސުވާލުކުރެއްވީ އާސަންދައިން ކުރިން ލިބޭ ބައެއް ބޭސްތައް މިހާރު އާސަންދައިގެ ދަށުން ނުލިބޭ ކަމަށް ބުނެއެވެ. ނަމަވެސް މިނިސްޓަރު ނާޒިމް ވަނީ މީކާއީލްގެ ވާހަކަތައް ދޮގުކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، އާސަންދައިން ލިބޭ އެއްވެސް ބޭހެއް ހުއްޓާލާފައިނުވާނެ ކަމަށާއި އާސަންދައިން ނުލިބޭ ބޭސްތައް އާސަންދައިގެ ލިސްޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

“މިސާލަކަށް އަޅުގަނޑު ދަންނަވައިފިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުުރުހެލިވެފައިވާ މީހާއަށް ބޭނުންވާ ބޭސް، އެންމެންނަކަށް ބޭހެއް ބޭނުމެއް ވެސް ނުވާނެ ބައެއް މީހުންނަށް ކައުންސިލިން ދީގެން އެކަން ރަނގަޅު ކުރެވޭނެ، އެކަމަކު ބައެއް ހާލަތްތަކުގައި ކްލިނިކަލީ ބޭސްދީގެން އެމީހަކަށް ޓްރީޓް ކުރާނެ ހާލަތެއް އަތުވެއްޖެނަމަ އެ ދޭންޖެހޭ ބޭސް ވެސް އާސަންދައިގެ ނިޒާމުގެ ތެރެއިން ދައުލަތުން މިހާރު މިވަނީ ދޭން ފަށައިފައި އަދި ހަމައެއާ އެކު އެނގިވަޑައިގަންނަވާނެ ރާއްޖޭގައި ފުރަތަމަ ގާއިމް ކުރި ފާޓިލިޓީ ސެންޓަރުގެ ހިދުމަތްތައްވެސް އާސަންދައިގެ ނިޒާމުގެ ތެރެއިން ދެވޭނެ ނިޒާމު މިހާރު ގާއިމްކުރެވި، ސަރުކާރުން ވަނީ ގާއިމް ކުރައްވައިފައި،” ނާޒިމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް މިހާރުވެސް ސަރުކާރުން ވަނީ އާސަންދައަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ. އަދި ނަފްސާނީ ބަލި ތަހަންމަލް ކުރަމުންދާ ފަރާތްކަކަށް އާސަންދައިގެ ހިދުމަތް މުޅިން އަލަށް ދިނުމަށް ނިންމެވީ ވެސް ރައީސް މުއިއްޒެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި