ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ: ނާޒިމް

990

ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އިމާރާތް ކުރުން ކަމަށާއި އެ މަޝްރޫއުއަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ނާޒިމް ވިދާޅުވީ އާބާދީ އިތުރުވާ ކޮންމެ ތަނަކަށް ސިއްހީ ޚިދުމަތަށް އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އެ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އިންޓަނޭޝަނަލް ޑޯނާއަކަށް ނުވަތަ އިންޓަނޭޝަނަލް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެންދާ ޕޮރެޖެކްޓް [ހުޅުމާލޭގައި އިތުރު ހޮސްޕިޓަލުގެ މަޝްރޫއޫ]އެއްގެ ގޮތުގައި ގެންދަން ރޭވިފައި ވަނީ. އެ މަޝްވަރާތައް ކުރިއަށް އެބަ ގެންދޭ،” ނާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި