ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަރަށް ބޯކޮށް ވާރޭވެހި މުޅި ޣައްޒާ ފެނުއަޑީގައި، ހާލަތު ވަރަށް ގޯސް

ފެންބޮޑުވުމުގެ ސަބަބުން ޣައްޒާގެ އާއިލާއެއް ރައްކާތެރި ހިސާބަކަށް ދަނީ:

ވަރަށް ބޯކޮށް ވާރޭވެހި މުޅި ޣައްޒާގައި ވަރަށް ބޮޑަށް ފެންބޮޑު ވެއްޖެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ޣައްޒާގެ އެތައް މިލިއަން އާންމު ރައްޔިތުން މިހާރު އުޅެމުންދާ ނިކަމެތި ހާލަތު އިތުރަށް ވަނީ ގޯސްވެފައެވެ.

އިސްތިއުމާރީ އިސްރާއީލުން މުޅި ޣައްޒާއަށް ބޮންއަޅައި އާންމުންގެ ގެދޮރާއި، އާންމުން ދިރިއުޅޭ އިމާރާތްތައް ބިމާހަމަ ކޮށްލުމުގެ ސަބަބުން އާއިލާތައް ދިރިއުޅެމުން ގެންދަނީ ފޭލިގެތަކާއި، ސަތަރިއާއި ފޮތިން ވަގުތީ ޖިފުޓިތައް ހަދައިގެންނެވެ.

ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން ފޭލިގެ އަވަށްތައް މިހާރު ހުރީ ފެނުއަޑީގައެވެ. ނުވިތާކަށް ޖެހެމުންދާ ގަދަފަދަ ވައިގެ ސަބަބުންވެސް ޓެންޓުތައް މުލުން ލުހި، އެތައް ގެއްލުމަކާ ދަނީ ކުރިމަތިލަމުންނެވެ.

މޫސުން ގޯސް ދުވަސްވަރާ ޣައްޒާ ކުރިމަތިލާން އައި އިރު، ރަނގަޅު ފެންވަރުގެ ޓެންޓުތައް ބޭނުންވާނޭކަން އެހީދޭ ޖަމާއަތްތަކުންނާއި، ޣައްޒާގެ ރައްޔިތުންވެސް ގެންދިޔައީ ގޮވަމުންނެވެ.

ނަމަވެސް، އިސްތިއުމާރީ އިސްރާއީލުން ޚާއްސަކޮށް ރަނގަޅު ފެންވަރުގެ ޓެންޓުތަކާއި، މޮބައިލް ގެތައް ޣައްޒާއަށް އެތެރެކުރިޔަކަ ނުދިނެވެ.

ފިނިމޫސުމުން ސަލާމަތްވާން އާއިލާތަކަށް ބޭނުންވާ އެއްވެސް އެއްޗެއް އެތެރެކުރިޔަކަ ނުދިނެވެ.

އެފަދަ ޓެންޓާއި، މޮބައިލް ގެތަކާއި، ޟަރޫރީ އެހެންވެސް ސާމާނު އެތެރެކުރަން އިސްރާއީލުން އަދިވެސް ގެންދަނީ ހުރަސް އަޅަމުންނެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުއްދަދޭން އިސްތިއުމާރީ ބާރުން އެއްބަސްވެފައި ވީނަމަވެސް، އިންސާނީ އެހީ އެތެރެކުރާހުރިހާ ދޮރާށިތައް އަދިވެސް ހުރީ ބަންދުކޮށްފައެވެ.

ޣައްޒާގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އެތައް އިމާރާތެއް ވެއްޓިދާނެ ކަމުގެ އިންޒާރުވެސް ކަމަބެހޭ ފަރާތްތަކުން މިހާރުވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ