ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަތޮޅު ކައުންސިލް އުވާލަން ހުށަހެޅި އިސްލާޙު ފާސްކޮށްފި

majilis
TTH_Ads
STO_Ads
Advertisement

މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙު އުނިކޮށް، އަތޮޅު ކައުންސިލް އުވާލަން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ޤާނޫނު އަސާސީއަށް ދެ އިސްލާޙެއް ހުށަހެޅުއްވިއެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީން އޭނާ ވަކިކޮށްފި ހާލަތެއްގައި ގޮނޑިއާމެދު ގޮތެއް ނިންމުމަށް އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅުއްވި އިސްލާޙަކާއި އަތޮޅު ކައުންސިލް އުވާލުމާ ގުޅޭގޮތުން ހުށަހެޅުއްވި އިސްލާޙެކެވެ.

މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން މެންބަރަކު ޕާޓީން ވަކި ކުރާ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. މި އިސްލާޙު ގެންނަން ނުފެންނަ ކަމަށް މެންބަރުން ވިދާޅުވީ، އޭގެ ސަބަބުން ދެފަހަރަށް އެއް ދާއިރާއެއްގައި އިންތިޚާބު ބާއްވަން ޖެހި ޚަރަދުތައް ބޮޑުވާނެތީއެވެ.

HajjCop_ads
Advertisement

އަދި މެންބަރުން އިންތިޚާބު ކުރަނީ، ރައްޔިތުން ވަކި ޕާޓީއަކަށް އިތުބާރު ކޮށްގެން ކަމަށްވާއިރު އެ މެންބަރަކު އެ ޕާޓީން ވަކިކުރާ ހާލަތުގައި މެންބަރެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އޭގެ ބަދަލުގައި ދެވަނަ ފަހަރަށް އިންތިޚާބު ބާއްވައި ރައްޔިތުން ބޭނުންވާ މެންބަރަކު އިންތިޚާބު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ވަނީ، ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާޙުގައި އެ މާއްދާ އުވާލަން ފާސްކޮށްފައެވެ.

ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙުތަކުގެ ތެރެއިން އަތޮޅު ކައުންސިލް އުވާލުމަށް ގިނަ މެންބަރުން ތާޢީދު ކުރެއްވިއެވެ. އެހެންވެ މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ، ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އެ އިސްލާޙު ފާސް ކުރުމަށެވެ.

މި މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުންވެސް ފާސްކުރީ، ކޮމިޓީން ނިންމި ގޮތަށް ޤާނޫނު އަސާސީ އިސްލާޙުކޮށް އަތޮޅު ކައުންސިލް އުވާލުމަށެވެ. މި އިސްލާޙު ފާސްކުރީ، 75 މެންބަރުންގެ ވޯޓުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

majilis

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި

majilis

މެތަލްފެނެޑޭޓް އެތެރެކުރަން ހުއްދަ ދިނުމަށް މަޖިލީހުން ރުހުންދީފި

majilis

ސައިބަރ ވެށި ރައްކާތެރިކުރުމަށް މުހިންމު ބިލެއް މަޖިލީހަށް ހުށަހަޅައިފި