ކުއްލި ޚަބަރު

މަސްތުވާތަކެއްޗާއެކު އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި

އައްޑޫ ހިތަދޫގައި މާބަނޑު އަންހެނަކު މަރުވި މައްސަލަ ބަލަނީ

އަތޮޅު ކައުންސިލްތައް އުވާލަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްގޭސްއިން ގޭސް ޑެލިވަރީކުރާ ވަގުތު އިތުރުކޮށްފި

މޯލްޑިވްގޭސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މޯލްޑިވްގޭސް) އިން މާލެ ސަރަހައްދުގެ ގޭބީސީތަކަށް ގޭސް ޑެލިވަރީކޮށްދޭ ވަގުތު 2025 ނޮވެންބަރ 21 ވާ ހުކުރު ދުވަހުން ފެށިގެން އިތުރުކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބަދަލާއެކު، ރައްޔިތުންނަށް ގޭސް ޑެލިވަރީގެ ހިދުމަތް ލިބިގަތުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މޯލްޑިވްގޭސްއިން ބުނިގޮތުގައި، މި ބަދަލާއެކު، ކުރިން ރޭގަނޑު 08:30 ގައި އެ ކުންފުނީގެ ކޯލް ސެންޓަރ ބަންދުކުރި ކަމުގައި ވީނަމަވެސް، މިހާރު ރޭގަނޑު 10:00 ޖަހަންދެން ކޯލް ސެންޓަރ ހުޅުވިފައި ހުންނާނެއެވެ. މިއީ ރައްޔިތުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެނައި މުހިންމު ބަދަލެކެވެ.

“މިގޮތަށް ގޭސް ޑެލިވަރީގެ ވަގުތު އިތުރުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި، ހާއްސަކޮށް ރޭގަނޑުގެ ވަގުތަކީ ގިނަ ގޭގޭތަކުގައި އަދި ކެފޭތަކުގައި ވެސް ބަދިގެ ވަރަށް ހަލަބޮލި ވަގުތަކަށް ވެފައި، ގޭސް ހުސްވެއްޖެނަމަ ވަރަށް ބޮޑު އުދަގުލަކާ ރައްޔިތުން ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވިފައިވޭ.” މޯލްޑިވްގޭސް

އެހެންކަމުން، މޯލްޑިވް ގޭސްއިން ގެނައި މި ބަދަލުގެ ސަބަބުން، މިހާރު ރޭގަނޑު 08:30 ގެ ފަހުން ސައިކަލުގައި ގޭސްފުޅި ހިފައިގެންގޮސް ހިދުމަތް ހޯދުމަށް ދަތުރުކުރަންޖެހޭ ހާލަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement