ކުއްލި ޚަބަރު

ފައްޔާޒްކުރީ ބުރަ މަސައްކަތެއް، އެކަންތައް ބަލައިގަންނަން: ސޯލިހު

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު

ޖަރާސީމު ހުރި އިންފެންޓް ފޯމިއުލާއެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ށ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް ކަމަށްވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް، 12,006,200.00 (ބާރަމިލިއަން ހަހާސް ދުއިސައްތަ) ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އީއާރުއޭ އިން ބުނީ، އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ، ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރކޮށްފައިވާ “ޝްވޭ ލިން ޔޯން” ނަމަކަށް ކިޔާ ޓަގު، ށ. މިލަންދޫގެ ފަރަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އުރިފައިވާކަމަށެވެ.

މި އުޅަނދު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ފަރުމަތިން ފުންކޮށް ނަގާފައިވުމާ ގުޅިގެން، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 7 އަދި 8 ވަނަ ދުވަހު އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު އެ އުޅަނދު ފަރަށް އެރި ސަރަޙައްދުގައި ޖޮއިންޓް ސަރވޭއެއް ވަނީ ކޮށްފައެވެ.

މި ސަރވޭއިން ފާހަގަވެފައިވަނީ، އުޅަނދު ފަރަށް އެރި ސަރަޙައްދުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަރު ހަލާކުވެފައިވާކަމަށެވެ.

އެހެންވެ، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން، 12,006,200.00ރ (ބާރަމިލިއަން ހަހާސް ދުއިސައްތަ ދިވެހި ރުފިޔާ) އިން ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް، އެކަން އީއާރުއޭ އިން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

މި ޖޫރިމަނާގެ ފައިސާ، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު އަންގާފައިވާތާ 30 ދުވަހުގެ ތެރޭގައި އީއާރުއޭއަށް ދެއްކުމަށް ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެ: ރައީސް

މިލަންދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

މިލަންދޫ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފި

މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

TTH_advertisement