ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި

55

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް އެކަކުން އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ނ.މަނަދޫ / ރޯޝަނީގެ ، ޙަސަން ނާޙިލްއެވެ.

ފުލުހުން ބުނީ، އިއްޔެ ހުޅުމާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުން ފެނުމުން ނާހިލް އަތުގައި އެއްޗެއް ފޮރުވަން މަސައްކަތްކުރާކަމަށް ފުލުހުންނަށް ފާހަގަކުރެވުން ކަމަށެވެ. އެހެންކަމުން މަޑުކުރަން އެންގުމުން މަޑުނުކޮށް އޭނާ ދިޔަކަމަށާއި އޭނާ ހައްޔަރުކުރީ ނިރޮޅު މަގު ބަސް ސްޓޮޕެއް ކައިރިން ކަމަށް ފުލުހުން ބުންޏެވެ.

ބަސްޓޮޕް ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި މިތަކެތީގެ ބަރުދަނުގައި 31.23 ގްރާމް ހުރިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ، ނާހިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ