ކުއްލި ޚަބަރު

ވިލިމާލޭގައި ބޮޑު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ: ރައީސް

ވިލިމާލެ މަސްޖިދުއްސަލާމް ބިމުގައި 850 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާ ހަވާލުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒް އިސްތިއުފާދެއްވައިފި

ޑރ. ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބެލްޖިއަމަށް ކުރެއްވި ރަސްމީ ދަތުރުފުޅު އިއްޔެ ނިންމަވާލައްވައިފިއެވެ.

މި ދަތުުރުފުޅަކީ މި ނޮވެންބަރު މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސް ގައި ކުރިއަށް ދިޔަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްްޓީރިއަލް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އަދި، މި ދަތުރުފުޅުގެ ތެރެއިން އެކުވެރި ބައެއް ޤައުމުތަކުގެ އިސްވެރިންނާ އެކު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ މިދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވަނީ މި ފޯރަމްގެ ޙަވާސާގެ ތެރޭގައި ބޭއްވިފައިވާ އެކި ހައި-ލެވަލް އިވެންޓްތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލުކުރައްވާފައެވެ. މީގެއިތުރުން ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި، ދިވެހި ސަރުކާރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާާރުން ފޯރުކޮށްދޭ ޙިދުމަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހުގައި ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، ސެކްރެޓަރީ މަލްޓިލެޓަރަލް އަޙްމަދު ޝިއާން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤަތުލްޢާންމަށް ވާގިވެރިވަނީ އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޤައުމުތަކުން: ޚަލީލް

އދގެ އާންމު މަޖިލީހުގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ދިވެހި ވަފްދު މަޖިލިސް ދޫކޮށް ނިކުމެއްޖެ

dr khaleel

ރާއްޖެ ދައްކުވައިދެނީ ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވެވޭނެކަން: ޑރ ޚަލީލް

Giimmdjxiaah Lg

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފި

TTH_advertisement