ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފިރިހެނުންގެ ޞިއްޙަތަށް ޚާއްސަކޮށްގެން ‘ވެލް މޭލް ޕެކޭޖް’ އަށް 20 އިންސައްތައިގެ ޑިސްކައުންޓެއް އިއުލާނުކޮށްފައެވެ.
މި ޕްރޮމޯޝަންގެ މަޤްޞަދަކީ ފިރިހެނުންގެ ޞިއްޙަތު ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތައް ފަސޭހަކޮށް، އަގުހެޔޮކޮށްދިނުމެވެ.
މި ޕްރޮމޯޝަން ކުރިއަށްދަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕެކޭޖްގެ އަސްލު އަގު ކަމަށްވާ 5,900.00 ރުފިޔާ އަށް 20 އިންސައްތައިގެ ޑިސްކައުންޓް ލިބުމުން، ޕްރޮމޯޝަންގެ ތެރޭގައި މި ޕެކޭޖް ލިބޭނީ 4,720.00 ރުފިޔާ އަށެވެ. މި ޚިދުމަތް ލިބިގަތުމުގެ ފުރުޞަތު 18 އަހަރުން މަތީގެ ހުރިހާ ފިރިހެނުންނަށް ވަނީ ހުޅުވާލާފައެވެ.
ވެލް މޭލް ޕެކޭޖްގައި ހިމެނޭ ކަންތައްތައް
މި ޕެކޭޖްގެ ތެރޭގައި ކްލިނިކަލް “އެގްޒިމިނޭޝަން” ދިނުމުގެ ތެރޭގައި މެޑިކަލް ހިސްޓްރީ ތަފްޞީލުކޮށް ބެލުމާއި، ހަށިގަނޑު ބެލުން، ބީއެމްއައި ކަނޑައެޅުން، ލޭގެ ޕްރެޝަރު ބެލުން އަދި ލޮލުގެ ފެނުން ބެލުން ހިމެނެއެވެ. ހަމައެއާއެކު، ރޭޑިއޮލޮޖީ އަދި އިމޭޖިންގ ގެ ބައިގެ ދަށުން މޭގެ އެކްސް-ރޭ، އީސީޖީ (އިލެކްޓްރޯކާޑިއޯގްރާމް) އަދި މުޅި ބަނޑުގެ އަލްޓްރާސައުންޑް ހިމެނެއެވެ.
މީގެ އިތުރުން ކްލިނިކަލް ޑައިޓީޝަނަކާ އެކު “ނިއުޓްރިޝަނަލް” ސްކްރީނިންގްވެސް އެކުލެވިގެންވެއެވެ. މެޓަބޮލިކް ޞިއްޙަތު، ފުރަމޭ، ކުޑަކަމުދާ ނިޒާމު، ޕްރޮސްޓޭޓް އަދި މުޅި ހަށިގަނޑުގެ ޞިއްޙަތުގެ މުހިންމު މައުލޫމާތު ދޭނެ “ކޮމްޕްރިހެންސިވް”‘ ލެބޯޓްރީ ޓެސްޓްތަކެއް މި ޕެކޭޖްގައި ހިމެނެއެވެ. މި ހުރިހާ ނަތީޖާއެއް މެޑިކަލް ޑޮކްޓަރަކާ އެކު ފައިނަލް ކޮންސަލްޓޭޝަނެއްގައި ރިވިއުކުރުން ވެސް ހިމެނެއެވެ. މި ޕްރޮމޯޝަންގެ ފައިދާ ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހައްދަވައިގެން ޚިދުމަތް ހޯއްދެވުމަށް އެދެމެވެ. މިއީ ފިރިހެނުންގެ ޞިއްޙަތަށް އިސްކަންދީ، ބަލިތަކުން ރައްކާތެރިވުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު،ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ހިޔާލު