ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް ރާއްޖޭގައި އުފައްދަނީ

ރާއްޖޭގައި މުޅީން އަލަށް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް (ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް) އަންނަ އަހަރު ރާއްޖޭގައި އުފައްދަވާނެ ކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ޓްރޭޑްމާކް ބިލް ޤާނޫނަކަށްވުމާ އެކު، ޕޭޓަންޓާ ބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ވެސް, ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި ކުރަމުން އަންނަ ކަމަށެވެ.

“ކޮޕީރައިޓް ޤާނޫނަށް އަޅުގަނޑުމެން ވާނީ ޒަމާނާ ގުޅޭ އަދި އުފެއްދުންތެރީންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާޙުތަކެއް ގެނެސްދީފައި. ބާން ކޮންވެންޝަނުގައި ވެސް މިހާރު ދިވެހި ރާއްޖެ ވާނީ ބައިވެރިވެފައި. މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މުހިއްމު ގިނަ މަސައްކަތްތަކެއް،” މިނިސްޓަރ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ޒިންމާއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގަތީ ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ޤާއިމުކޮށްދެއްވާ، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިއްމު ވަޢުދުފުޅާ އެކުކަން ފާހަގަކުރައްވާ މިނިސްޓަރ ސަޢީދު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ އެ ވަޢުދުފުޅު ފުއްދެވުމުގައި ޢަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

އިންވެސްޓަރުންނަށް ޚާއްސަ ޕާލް ރެސިޑެންސީ ރެސިޑެންސީ ޕްރޮގްރާމް އަންނަ މަހު ތަޢާރަފްކުރަނީ

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

Minister Saeed

އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ: ސައީދު

saeed

ތެލުގެ ސްޓޮކްގައި ދަތިކަމެއް ނެތް: ސަޢީދު