ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމް އަށް ފުރާވަޑައިގެންފި

dr khaleel
ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް މިރޭ ބެލްޖިއަމް އަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ހައި-ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދަޢުވަތުފުޅަކަށް ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ފޯރަމް ކުރިއަށް ދާނީ މި މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައެވެ. އަދި، މި ފޯރަމް އަކީ ޔޫރަޕިއަން ޔޫނިއަން އާއި އިންޑޯ-ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ރަގަޅު ފުރުޞަތެކެވެ.

މި ފޯރަމްގެ ތެރެއިން “ކޮމަން އެންޑޭވާރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ” ގެ ނަމުގައި ބާއްވާ ރައުންޑްޓޭބަލް ސެޝަނެއްގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި އެވެ. އަދި، ޚާރިޖީ ވަޒީރު މި ފޯރަމްގެ ޙަވާސާގެ ތެރެއިން ރަޙްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ދިވެހިރާއްޖެ މި ފޯރަމްގައި ތަމްސީލުކުރުމަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދިނުމަށް ލިބިގެންދާނެ މުހިއްމު ފުރުޞަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިދިކޮޅުން މަސައްކަތްކުރަނީ ތަރައްޤީއަށް ދޭ އެހީތައް ހުއްޓުވާލުމަށް: ޚަލީލް

އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެ ވާދަކުރަނީ

ވަރލްޑް ގަވަރމަންޓްސް ސަމިޓަށް ޚާރިޖީ ވަޒީރު ދުބާއީއަށް

މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ އުސޫލުތަކާ ޚިލާފުނުވުން މުހިންމު: ޑރ. ޢަބްދުﷲ ޚަލީލް