ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ޝަރަފުގައި ރައީސްގެ ދެކަނބަލުންގެ ފަރިއްކޮޅެއް

Muizzu palestine team

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ހޮޓެލް ޖެންގައި ބައްދަލުކުރައްވައި، ރާއްޖޭގައި ކުރެވުނު ކޭމްޕުގެ ތަޖުރިބާ އޮޅުންފިލުއްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފަލަސްޠީނު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން މި ޓީމަށް ރާއްޖެއިން ފަހިކޮށްދިން ޓްރޭނިންގެ ފުރުޞަތާއި ހޫނު މަރުހަބާއަކީ ހަނދާނުން ފޮހެވޭނެ ކަމެއް ނޫން ކަމަށް އެޓީމުން ބުންޏެވެ.

ޓީމުގެ މެނޭޖަރު މުޙައްމަދު ޖުމާ ސުލައިމާން ފާހަގަކުރެއްވި ގޮތުގައި އެއަރޕޯޓުން ފެނުނު އަމިއްލަ ޤައުމުގެ ދިދަތައް ވިހުރާލާ މަންޒަރަކީ ބުނެދޭން ނޭންގޭ ފަދަ އިޙްސާސްތަކެކެވެ. ފަލަސްޠީނުގައި އެއްކޮށް ފަރިތަކުރުންތައް ބޭއްވޭނެ މާޙައުލެއް ނެތްއިރު، އެކި ޤައުމުތަކުގައި ދިރިއުޅޭ ކުދިން ގޮވައިގެން ރާއްޖެ އައިސް ކޭމްޕް ކުރެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިން ފަލަސްޠީނާމެދު ބަހައްޓާ ގާތްކަމާއި ދިން މެހެމާންދާރީގެ ސަބަބުން އަދިވެސް ފުރުސަތެއް ލިބިއްޖެނަމަ ރާއްޖެ އަންނަން ބޭނުންވާ ކަމަށް ޓީމުގެ މެނޭޖަރު ވިދާޅުވިއެވެ. ބައެއް ކުޅުންތެރިން ވަނީ ރާއްޖޭގައި ޓްރޭނިންގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ހުރިހާކަމެއްގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައެވެ.

ފަލަސްޠީނު ޓީމު ރާއްޖޭގައި ހޭދަކުރި 10 ދުވަހުގެ ކޭމްޕުގެ ތެރޭގައި، ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާއެކު ދެ އެކުވެރިކަމުގެ މެޗު ކުޅެފައިވެއެވެ. ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން މި މެޗުތަކަށް ސްވެނިއަރ ޓިކެޓްތަކެއް ވިއްކާފައެވެ. މި ކޭމްޕް ނިންމުމަށްފަހު، ޓީމު ދެން ދާނީ މި މަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ