ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަން ދަށް އަތޮޅުތަކުގައި އަވަހަށް މަޝްރޫޢުތައް ފަށާނެ: ރައީސް

TTH_Ads
STO_Ads
Maldivian_Ads
Advertisement

ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ވަރަށް އަވަހަށް ފަތުރުވެރިކަމުގެ މަޝްރޫޢުތައް ފެށިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު” ގައެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ގެންދިއުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން ހދ. ނާގޯށި ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ދެއްވައިގެން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. މީގެއިތުރުން، އައްޑޫ ސިޓީގައި ހުންނަ ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމޭއިރު ހުޅުވާނެކަމުގެ ޔަގީންކަން އެތަނުގެ އޯނަރުން ދެއްވާފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އައްސޭރި ޓޫރިޒަމްގެ މަޝްރޫޢެއްގައިވެސް ސޮއިކުރެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ ހަންކެޑޭގެ މަޝްރޫޢަށްވެސް އިންވެސްޓްކުރާ ފަރާތުން ވަރަށް އަވަހަށް ލީޒް އެކުއިޒިޝަން ކޮސްޓް ދައްކައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދެއްވާފައިވާ ލުއިތަކުގެ ތެރެއިން އެތައް ފަރާތަކުން ބިޑް ހުށައަޅައިގެން އެކި މަރުހަލާތަކުގައި މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ފުޅާކުރުމަށް މިހާތަނަށް ޖުމްލަ 6223 އެނދު ރަޖިސްޓްރީ ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ފަތުރުވެރިކަމުގެ އެނދުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވި، ރައްޔިތުންނަށް އޭގެ މުއްސަނދިކަން ލިބިގެންދާނެ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން

tourists

އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން

އޭޓީއެމް ފެއާ މާދަމާ ފަށަނީ

resort

ނުނިމިހުރި 168 ރިސޯޓު ނިންމުމަށް ފަހިވާނެ ގޮތަށް ގަވާއިދެއް އެކުލަވާލައިފި