ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޣައްޒާގެ ވެރިކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމާ ދެކޮޅު: ޣައްޒާގެ ޖަމާއަތްތައް

އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ

ފަލަސްތީނު ރައްޔިތުންގެ މައްޗަށް ބޭރުގެ ބާރަކުން ވެރިކަންކުރާ އެއްގޮތަކަށްވެސް ގަބޫލު ނުވާނޭ ކަމަށް، ޣައްޒާގައި ވެރިކަންކުރާ ހަމާސްއާއި، ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ބުނެފިއެވެ.

ހަމާސްއިން މިކަން ހާމަކުރީ، އެމެރިކާގެ ރައީސް ހުށަހެޅި ޣައްޒާގެ ޕްލޭނަށް އދގެ ސަލާމަތީ މަޖިލީހުގައި ވޯޓެއް ނަގަން ތައްޔާރުވެފައި ވަނިކޮށެވެ.

އެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފިނަމަ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއް ޣައްޒާގައި ރުކުރުވާލުމުގެ އިތުރުން، ޣައްޒާގެ ވެރިކަން ހިންގުން ވަގުތީ ބޯޑަކާ ހަވާލު ކުރެވޭނެއެވެ.

އެ ބޯޑު އެކުލަވާލަން އެމެރިކާއިން ހުށަހަޅާފައި އޮތްގޮތުން، ފަލަސްތީނު ސަރުކާރުގެ އަދި ފަލަސްތީނު ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނެތެވެ.

ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ، އެމެރިކާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފިނަމަ، އިސްތިއުމާރީ އިސްރާއީލުގެ އަތުން ފަލަސްތީނުގެ ބިންތަކުގެ ކޮންޓްރޯލް ނަގައި އަނެއްކާވެސް ދެނީ ބޭރު ބައެއްގެ އަތްމައްޗަށް ކަމަށެވެ. ފަލަސްތީނު ރައްޔިތުންގެ އެއްވެސް ބަހެއް ހޯދުމެއް ނެތް ކަމަށެވެ.

ހަމާސްއާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ވަނީ އެމެރިކާގެ ޕްލޭން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އަދި ޣައްޒާއަށް ސިފައިން ފޮނުވުމާއި، ޣައްޒާގެ ވެރިކަމާ ގުޅޭގޮތުން ބޭނުންވަނީ އދގެ ޕްލޭނެއް ކަމަށްވެސް ޖަމާއަތްތަކުން ބުނެފައި ވެއެވެ.

ފަލަސްތީނުގެ ރަށްތަކުގައި އިންސާނީ އެހީ މެނޭޖްކުރުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ އދގެ ބެލުމުގެ ދަށުން ފަލަސްތީނުގެ އިދާރާތަކުން ކަމަށްވެސް، ޖަމާއަތްތަކުން ބުނެފައި ވެއެވެ.

މީގެއިތުރުން، އެމެރިކާގެ ޕްލޭންގައި ޣައްޒާއަކީ ހަތިޔާރު ނެތްތަނަކަށް ހެދުން ހިމެނޭތީއާއި، އިސްތިއުމާރީ ދެކޮޅު ހެދުމުގެ ހައްގުވެސް ނިގުޅައިގަތުމަށް ޕްލޭންކޮށްފައިވާ މައްސަލަވެސް ހަމާސްއިން ކުށްވެރި ކޮށްފައި ވެއެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން ގޮވާލާފައިވަނީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ބަލައި އިސްރާއީލު ޒިންމާ ކުރުވުމަށް ބައިނަލްއަގްވާމީ މެކޭނިޒަމެއް އެކުލަވާލުމަށެވެ.

އަނެއްކޮޅުން، އެމެރިކާގެ ޕްލޭންގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ވާހަކަ ހިމެނޭތީ، އެމެރިކާގެ ޕްލޭނުން އެބައި އުނިކޮށްލަން އިސްރާއީލުން  ގަދައަޅައި މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

TTH_advertisement