ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހައްޔަރުކޮށްދިނުމަށް ބެން-ގްވީރް، ނަތަންޔާހޫގެ ކިބައިން އެދިއްޖެ

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމަރ ބެން-ގްވީރް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހައްޔަރުކުރުމަށް، އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމަރ ބެން-ގްވީރް ނަތަންޔާހޫއަށް ގޮވާލައިފިއެވެ.

މަހްމޫދު އައްބާސް ހައްޔަރު ކުރުމަށް ގޮވާލުމަށްފަހު ބެން-ގްވީރް ނުބައި ގޮތަކަށް ބުނެފައިވަނީ، އޭގެފަހުން “މަހްމޫދު އައްބާސްގެ ކަންތައް” އޭނާ ބަލަހައްޓާނޭ ކަމަށެވެ.

ބެން-ގްވީރް ބުނެފައިވަނީ، މަހްމޫދު އައްބާސް ލުމަށް ޖަލުގެ ކުޑަގޮޅިއެއް ތައްޔާރަށް އެބަހުރި ކަމަށާއި، ފަލަސްތީނުގެ އެހެން “ޓެރަރިސްޓުން” ނާމެދު އަމަލުކުރެވޭ އުސޫލުން މަހްމޫދު އައްބާސްއާ މެދުވެސް ކަންތައް ކުރާނޭ ކަމަށެވެ.

ފަލަސްތީނުގެ ބިމަށް ގަދަކަމުން އަރައިގަނެގެން އުޅޭ މި ޒަޔަނިސްޓު ކަލޭގެވަނީ، އދއިން ފަލަސްތީނުގެ މިނިވަން ދައުލަތް އުފައްދަން ނިންމައިފިނަމަ ފަލަސްތީނު ސަރުކާރުގެ މަތީ ފަންތީގެ ހުރިހާ އޮފިޝަލުން އަވަހާރަކޮށްލަން ގޮވާލާފައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި މިރޭ ވޯޓަށް އަހަން ތައްޔާރު ވެފައިވާ އެމެރިކާގެ ޕްލޭންގައި ފަލަސްތީނުގެ މިނިވަން ދައުލަތާ ގުޅޭ ވާހަކަތަކެއްވެސް ހިމެނެއެވެ. ބެން-ގްވީރް ރުޅިއައިސްގެން އުޅެނީ އެހެންވެގެންނެވެ.

ހިފާފައިވާ ހުޅަނގު އައްސޭރި އިސްރާއީލުގެ ބިމަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރަމުންގެންދާ ބެން-ގްވީރް ގެންދަނީ، ފަލަސްތީނު ސަރުކާރު ހިންގާ ޕަލެސްތައިން ލިބަރޭޝަން އޮގަނައިޒޭޝަނަކީ “ޓެރަރިސްޓު” ޖަމާއަތަކަށް ހެދުމަށްވެސް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ހިންގާ ފަލަސްތީނު ސަރުކާރު އުވާލަންވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އޭނާ ދިމާކޮށްލައިގެން އުޅެނީ، އިސްރާއީލުން ކުރަން އުޅޭހާ ކަމެއް ކުރުމަށް އައްބާސްގެ ސަބަބުންވެސް ހުރަސްތައް ކުރިމަތިވާތީއެވެ.

ފަލަސްތީނު މީހުން ދެކެ އަބަދުވެސް ރުޅިއަރާ ބެން-ގްވީރް އިހަށްދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައިވެސް ބުނެފައިވަނީ، “ފަލަސްތީނު މީހުންނަކީ” ދުނިޔޭގައި ވުޖޫދުވެސް ވެފައިވާ ބައެއްވެސް ނޫން ކަމަށާއި، އެއީ އަރަބި ގައުމުތަކުން “އިސްރާއީލުގެ ބިމަށް” ހިޖުރަކޮށްގެން އުޅޭ ބައެއް ކަމަށެވެ.

ފަލަސްތީނު މީހުންނޭ ކިޔާ ނަސްލެއް ދުނިޔޭގައި ނެތް ކަމަށާއި، ފަލަސްތީނު މީހުންނަކީ ބަޔަކު އުފައްދައިގެން އުޅޭ ބައެއް ކަމަށާއި، އެއީ އެއްވެސް ތާރީޚެއް އޮތް، ޘަގާފަތެއް އޮތްބައެއް ނޫން ކަމަށެވެ.

ބެން-ގްވީރަށް އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުކަން ލިބުމާއެކު، އޭނާ އަމުރުކޮށްގެން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ގައިދީންނަށް ލާއިންސާނީ، އަދި އިންސާނިއްޔަތާ ޚިލާފް ބޮޑެތި އެތައް އަދަބުތައް ދެމުން އެބަ ގެންދެއެވެ. އެ އަނިޔާއަށް ކެތް ނުކުރެވިގެން އެތައް ބަޔަކު ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ޖަލުތަކުގައި ފަލަސްތީނު ގައިދީން މެރުންވެސް އާންމު ކަމަކަށް ހަދާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ