ކުއްލި ޚަބަރު

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ހަދަނީ

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި

ނިއުޔޯކް ސިޓީގެ މިހާރުގެ މޭޔަރު ގޮވާލަނީ މަމްދާނީ ހުވާކުރައްވާ ރަސްމިއްޔާތުގައި ނަތަންޔާހޫ ބައިވެރިވުމަށް

ނިއުޔޯކް ސިޓީގެ މިހާރުގެ މޭޔަރު އެރިކް އެޑަމްސް އިސްރާއީލުގައި

ނިއުޔޯކް ސިޓީގެ އައު މޭޔަރު ޒޮހްރާން މަމްދާނީ މަގާމުގެ ހުވާ ކުރައްވާ ރަސްމިޔާތުގައި ބައިވެރިވުމަށް، އެ ސިޓީގެ މިހާރުގެ މޭޔަރު އެރިކް އެޑަމްސް، މުޖުރިމު ނަތަންޔާހޫއަށް ގޮވާލައިފިއެވެ.

އެރިކް އެޑަމްސްއަކީ ނިއުޔޯކް ސިޓީގެ މިހާރުގެ މޭޔަރެވެ. އޭނާ މިހާރު އުޅެނީ މޭޔަރު ކަމުގައި ހުރެ އިސްރާއީލަށް ކުރާ އެންމެ ފަހު ދަތުރުގައި އިސްރާއީލަށް ގޮހެވެ.

އޭނާއަކީވެސް ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ މޭޔަރެކެވެ.

އެ ޕާޓީގެ ޕްރައިމެރީ ކާމިޔާބުކޮށް އަދި މޭޔަރުކަމުގެ އިންތިޚާބުވެސް ކާމިޔާބު ކޮށްފައިވާ ޒޮހްރާމް މަމްދާނީ މަގާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 1 ވަނަ ދުވަހުއެވެ.

އިސްރާއީލުގައި ހުރެ އެރިކް އެޑަމްސް ނަތަންޔާހޫއަށް ގޮވާލާފައިވަނީ، މޫސާގެފާނުގެ ޒަމާނުން ފެށިގެން ޔަހޫދީން ކުރަމުން އަންނަ ކަންކަން އަދި އެކަންކަން ކުރަމުން އަންނަ ގޮތްތައް ދޫކޮށްލަން ނުޖެހޭ ކަމަށެވެ.

އަދި ޔަހޫދީ ކޮމިއުނިޓީއަށް ދެވޭ މެސެޖެއްގެގޮތުން މަމްދާނީ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވުމަށް އޭނާވަނީ ނަތަންޔާހޫއަށް ގޮވާލާފައެވެ.

މިއީ، ޔަހޫދީން ބިރުން ފިލަން ނޫޅެއޭ ބުނަންޖެހޭ ވަގުތު ކަމަށާއި، ކުރިމަތިލާންޖެހޭ ވަގުތު ކަމަށްވެސް އެރިކް ބުނެފައި ވެއެވެ.

އެރިކް އެޑަމްސް ޕްރައިމެރީން ބަލިވީ ޕާޓީގެ ތާއީދު އޭނާއަށް ނެތުމުންނެވެ. އަދި އޭނާއާ ގުޅޭ އެތައް މައްސަލަތަކެއް ފެންމަތިވެފައި ވުމުން، ނިއުޔޯކް ސިޓީގައިވެސް އޭނާއަކަށް ތާއީދެއް ނެތެވެ.

ނިއުޔޯކް ސިޓީއަކީ، އިސްރާއީލު ފިޔަވައި ދެވަނައަށް އެންމެ ގިނަ ޔަހޫދީން ދިރިއުޅޭ ރަށަށް ވާއިރު، ނިއުޔޯކް ސިޓީ ކޮންޓްރޯލް ކުރާ މީހާއަކީ އެމެރިކާގެ މައްޗަށް އޮންނަ ޔަހޫދީންގެ ނުފޫޒު ކޮންޓްރޯލް ކުރާ މީހާކަމަށް އޮންނަނީ ބެލެވިފައެވެ.

އެރިކް އެޑަމްސްގެ މައްޗަށް އުފުލުނު ރިޝްވަތުގެ މައްސަލައިން އޭނާ ސަލާމަތް ކޮށްދިނީވެސް ޔަހޫދީ ލޮބީ ގްރޫޕްތަކުންނެވެ.

މަމްދާނީ އިންތިޚާބު ކާމިޔާބު ކުރެއްވީ ނިއުޔޯކް ސިޓީގެ ޔަހޫދީންގެވެސް ފުރިހަމަ ތާއީދާ އެކުގައެވެ. ސަބަބަކީ، އެމެރިކާ ސަރުކާރާއި އިސްރާއީލުން ހަދާ ދޮގުތައް އެމީހުން މިހާރު ގަބޫލު ނުކުރާތީއެވެ.

މޭޔަރު ހޮވުމުގެ އިންތިޚާބުގެ ކެމްޕެއިންގައާއި، އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުވެސް މަމްދާނީ ވިދާޅުވަމުން ގެންދަވަނީ، މުޖުރިމު ނަތަންޔާހޫ ނިއުޔޯކް ސިޓީއަށް އަތުވެއްޖެނަމަ ހިފައި ހައްޔަރުކޮށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާ ހަވާލު ކުރައްވާނޭ ކަމަށެވެ. އެއީ، ގާނޫނީގޮތުން މޭޔަރަށް އޮތް ބާރެކެވެ.

މިހާރުގެ ޔަހޫދީ މޭޔަރު އެރިކް އެޑަމްސް ސާބިތުކޮށްދޭން އުޅެނީ، މަމްދާނީ އެހެން ވިދާޅުވިޔަސް، އެކަން ނުކުރެވޭނެ ކަމަށެވެ.

އެކަމަކު، މަމްދާނީ މޭޔަރުކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ބޭފުޅުންނާއި، ވަޑައިނުގެންނެވޭނެ ބޭފުޅުން ކަނޑައެޅުމުގެ ބާރު މަމްދާނީއަށް އޮންނާނެކަން ގައިމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހައްޔަރުކޮށްދިނުމަށް ބެން-ގްވީރް، ނަތަންޔާހޫގެ ކިބައިން އެދިއްޖެ

ސެމްސަންއާ ގުޅިގެން އިސްރާއީލުން ދުނިޔޭގައި ޖާސޫސްކުރާ ކަމަށް ދެކެވޭ ވާހަކަތައް

ޚާން ޔޫނިސްއާއި، ގާޒާ ސިޓީއަށް ވަރުގަދަ ހަމަލާތަކެއް، މިއަދުގެ މިހާތަނަށް 3 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ވެރިޔަކަށް އެމެރިކާއިން ހުށަހަޅަނީ ޓްރަމްޕް، ހޯމަދުވަހު ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާނެ

TTH_advertisement