ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިނަރެސްއިން 94 ކާރު ޕާކިން ޖާގަ ވިއްކަނީ

hulhumale
TTH_Ads
Maldivian_Ads
STO_Ads
Advertisement

ބީލަން އުސޫލުން ވިނަރެސް ފްލެޓުތަކުން 94 ކާރު ޕާކިން ޖާގަ ވިއްކަން އިއުލާނުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބީލަން ފެށޭނީ 450،000ރ އިން ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން ޖުމްލަ އަގު ދެއްކުމަށް 14 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ ބީލަމުގައި ބައިވެރިވުމަށް 30،000ރ ގެ ބިޑް ސެކިއުރިޓީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

HajjCop_ads
Advertisement

ވިނަރެސް ފްލެޓުތަކުން 94 ކާރު ޕާކިން ޖާގަ ގަންނަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ބީލަމުގެ ރަޖިސްޓްރީ ވުމަށް އެޗްޑީސީން އެދެއެވެ.

ބީލަން އުސޫލުގައި ބުނެފައިވާ ގޮތުގައި ކޮންމެ ފަރާތަކަށްވެސް ކާރު ޕާކިން ޖާގަ ގަތުމަށް އެދި ހުށަހެޅޭނީ އެއް ފޯމެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ކާރު ޕާކިން ޖާގައަކީ ވިނަރެސް ފުލެޓު ގަތުމުގެ އެއްބަސްވުމުގެ ދަށުން ވިއްކޭ ޖާގައެއްގެ ގޮތުގައި ހަމަޖެއްސޭނެ ކަމަށެވެ. އެހެންކަމުން ފުލެޓު ވިއްކާލާ ނަމަ، ނުވަތަ އެހެން މީހެއްގެ ނަންމައްޗަށް ބަދަލުކުރާނަމަ, އެ ފަރާތަކުން ގަނެފައިވާ ޕާކިން ޖާގަ ފުލެޓާއެކު ދޫކޮށްލަން ޖެހޭނެއެވެ.

މީގެ އިތުރުން، ކާރު ޕާކިން ޖާގަ ގަތުމަށް ފުރުސަތު ދެވޭނީ އެ ފަރާތަކުން ފުލެޓް ގަނެފައިވާ ޓަވަރުގައި ހިމެނޭ ކާރު ޕާކިން ޖާގައަކުން ކަމަށްވެސް އިއުލާނުގައިވެއެވެ. އެ ފަރާތެއް ވާން ޖެހޭނީ ވިނަރެސް މަޝްރޫއުން ފުލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓަށް ކަމަށާއި އެ ފަރާތަކީ މިދިޔަ މަހުގެ ނިޔަލަށް އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

HRjKDQraQAAleI6

ރެއިލިން ހަރުކުރަން އެއްދުވަސްތެރޭ 500އެއްހާ ފްލެޓުން އެދިއްޖެ

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް

Viluntheri 1536x1024

200 ބައިވެރިން މި އަހަރުގެ ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ފުރިހަމަކޮށްފި