ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަގީލްގެ ޝަރީއަތް ކެންސަލް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ފައިނޭންޝަލް ހެޑް މުހައްމަދު އަގީލް ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރު ތަންފީޒު ނުވުމުން މިއަދު ހެނދުނު 8:15 އަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއީ ފީފާ އިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަގީލްގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މައްސަލާގައި ބުނެފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް 2021 ވަނަ އަހަރު އޭޕްރީލްގައި ފީފާ އިން އެފްއޭއެމްއަށް ޖަމާކުރި 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތުމަށް ޗެކެއް އަމިން ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ބައްސާމް ގަނެފައިވާ ޕެންޓްހައުސް މިހާރު ފުލުހުން ހިފަހައްޓާފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ބުނީ އިއްޔެގެ އަޑުއެހުމަށް އަގީލް ހާޒިރު ނުވުމުން އޭނާ ބަންދުގައި ބަހައްޓައިގެން މިއަދު ހާޒިރު ކުރުމަށް އަމުރު ނެރުނު ކަމަށާއި ނަމަވެސް އޭނާ އަދިވެސް ހާޒިރު ނުވެވުމުން މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްއޭއެމް އިން މި އަހަރަށް 48 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

criminal court

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

Aqeel

އެފްއޭއެމްގެ ހިޔާނާތުގައި ދައުވާކުރާ މުހައްމަދު އަގީލް ބެންކޮކުން ހައްޔަރުކޮށްފި

criminal court

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި