ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

240 އަށްވުރެ ގިނަ ބައިވެރިންނާއެކު އެމްއެމްއޭގެ ރިސާރޗް ކޮންފަރެންސް 2025 ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ރިސާރޗް ކޮންފަރެންސް 2025 މިއަދު ވިލާ ނޯޓިކާ ޕެރެޑައިޒް އައިލޭންޑް ރިޒޯޓުގައި ފަށައިފިއެވެ.

މިއީ މި ކޮންފަރެންސްގެ ތާރީޚުގައި އެންމެ ގިނަ ބައިވެރިން ބައިވެރިވި ފަހަރެވެ. ނޮވެމްބަރ 16-17 ގައި ބާއްވާ ދެ ދުވަހުގެ ކޮންފަރެންސްގައި 240 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ. މިއީ ފާއިތުވި އަހަރަށްވުރެ ދެގުނައަށްވުރެ ގިނަ އަދަދެއް ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މިއަހަރުގެ ކޮންފަރެންސްގައި އެމްއެމްއިން އަލަށް ތާޢާރަފްކުރި އިކޮނޮމިކް އަދި ފައީނޭންޝިއަލް މެގަޒިން “ދި އައިލޭންޑް އިކޮނޮމިސްޓް” ވަނީ ތަޢާރަފްކޮށްފައެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނު އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢުއެވެ. އޭގެއިތުރުން އެމްއެމްއޭގެ ރިސާރޗް ޖާނަލް “މޯލްޑިވްސް ޖާނަލް އޮފް އިކޮނޮމިކްސް އެންޑް ފައިނޭންސް” ވަނީ ލޯންޗުކޮށްފައެވެ. މި ޖާނަލް ލޯންޗްކޮށްދެއްވީ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީގެ ޕްރެފެސަރ އަދި އެސޯސިއޭޓް ޑީން ޑރ. އާއިޝަތު މުނީޒާއެވެ. މި ކޮންފަރެންސަގައި ވަނީ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ގެ މުބާރާތްތަކުގެ ފައިނަލަށް ދިޔަ ފަރާތްތަކަށް ވަނަތަކާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

އެމްއެމްއޭއިން ހާމަކުރާގޮތުގައި ތަމްވީލް ފިންލެޓް ފެސްޓިވަލް ޕްރޮގްރާމްގައި 140 ބައިވެރިން ބައިވެރިވިއެވެ. މީގެ ތެރެއިން ގިނައީ ސްކޫލް ދަރިވަރުންނެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ މާލީ ހޭލުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ގޮތުން ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ.

މިއަހަރުގެ އެމްއެމްއޭ ރިސާރޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވެއެވެ. މި ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅާ ފަރާތްތައް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ދިރާސާވެރިން ހިމެނެއެވެ. މީގެއިތުރުން، އެމްއެމްއޭއަށް ރިސާރޗް ފަންޑްތަކަށް 39 ހުށަހެޅުމާއި، މިއަދު ލޯންޗުކުރި އެމްއެމްއޭ  މަޖައްލާ ދި އަލއިލޭންޑް އިކޮނޮމިސްޓް މަޖައްލާއަށް 20 ލިޔުން ލިބިފައިވެއެވެ.

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަކީ 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mma

ޕްރޮޕޯސަލްއާ މެދު އެމްއެމްއޭއިން ދެކެނީ އިންވެސްޓްމަންޓެއްގެ ގޮތުގައި: މުނައްވަރު

MMA

މަރުކަޒީ ބޭންކުގެ ލަފައަކީ ބަހާލައިގެން މުސާރަބޮޑުކުރުން

MMA

ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެ

mma

އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނޭކަމަށް ލަފާކޮށްފި

TTH_advertisement