ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

އެންސްޕާގެ ބައެއް ހިދުމަތްތައް “ވަންގަވް” އަށް

އެންސްޕާގެ ބައެއް ހިދުމަތްތަކާއެކު، ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް، “ވަންގަވް” އަށް ބަދަލުވެއްޖެ އެވެ.

ވަންގަވް ބަލަހައްޓާ، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގައި ބޭއްވި ރަސްމިއްޔާތުގައި، ވެލްފެއާ އެޖެންސީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މި ވަގުތު ވަންގަވް އިން އެންސްޕާގެ ފަސް ހިދުމަތެއް ލިބޭނެ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ފަސޭހައިން ހިދުމަތްތައް ލިބޭނެ ގޮތަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަންގަވް އަށް ބަދަލުކުރި ހިދުމަތްތައް
– ‎ފަގީރު ހާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ

‎- ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ދޭ މާލީ އެހީ

‎- ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން، ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ

‎- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ

‎- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީ

ހީނާ ވިދާޅުވީ އެ ފަސް ހިދުމަތަށް ވަންގަވް އަދި މިހާރު ވެސް އެދޭ ގޮތަށް ސީދާ އެންސްޕާއަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް، މީހުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކަށް ފަހު އެ ފަސް ހިދުމަތް ވަންގަވް އަށް އެއްކޮށް ބަދަލުކުރަން ނިންމާފައިވަނީ އަންނަ ޖެނުއަރީން ފެށިގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ވަންގަވް ޕްލެޓްފޯމަށް ބަދަލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

nspa

އެންސްޕާއިން މިދިޔަމަހު 18.9 މިލިޔަން ރުފިޔާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް

nspa

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި މިހާރު 15،059 މީހުން

Image

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

އައިނު ފިހާރަތަކުން އާސަންދައިގެ ދަށުން އައިނު ހެދޭގޮތަށް ހަމަޖައްސައިފި

TTH_advertisement