ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ކުރަން މިއުޅޭ ކަމަކީ ބަލިމަޑުކަމުން ސަލާމަތްކޮށް ދުޅަހެޔޮ މުޖުތަމަޢުއެއް ޤާއިމުކުރުން: ނާޡިމް

Nazim health expo 2025

ކުރަން މިއުޅޭ ކަމަކީ ބަލިމަޑުކަމުން ސަލާމަތްކޮށް ދުޅަހެޔޮ މުޖުތަމަޢުއެއް ޤާއިމުކުރުން ކަމަށާއި ތަފާތު އެކި ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޞިއްޙީ ވަޒީރު މިފަދައިން ވިދާޅުވީ، އެވުޒާރާއިން އިސްނަގައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ “ހެލްތު އެކްސްޕޯ 2025″ ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއްކަމަށެވެ. އެގޮތުން މި ދާއިރާއިން ބޭނުންވާ ސިޔާސަތުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެއްވަރަށް، ޞިއްޙީގޮތުން ބޭނުންވާ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

“ހެލްތު އެކްސްޕޯ” އަކީ މިކަމުގެ އަލިގަދަ މިސާލެއްގެ ގޮތުގައި ފާހަގަކުރައްވާ، އެކްސްޕޯގައި ސަރުކާރުން ޞިއްޙީ ދާއިރާއިން ކުރާ މަސައްކަތްތަކަށް އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ނާޡިމް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ޕްރިވެންޓިވް ހެލްތު ކެއަރގެ ކަންކަން ހަރުދަނާކުރުމަށްވެސް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ފެތުރޭ މިންވަރު މަދުކުރުމަށްޓަކާ ޞިއްޙީގޮތުން ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ ދިވެހި ރައްޔިތުން، ދިވެހި މުޖުތަމަޢު ބަލިމަޑުކަމުން ސަލާމަތްކޮށް ދުޅަހެޔޮ މުޖުތަމަޢުއެއް ދިވެހި މުޖުތަމަޢުގައި ޤާއިމުކުރުން. އެއީ ރައީސް ޑރ. މުޢިއްޒުގެ ހެލްތުގެ ސިޔާސަތުގެ މައިގަނޑު އަސާސަކީ. އެކަން ޙާސިލުކުރުމަށްޓަކާ އަޅުގަނޑުމެން މިފަދަ ގިނަ ކަންކަން ރާވައިގެން ކުރިއަށް މިގެންދަނީ. ތަކުރާރުކޮށް ރައީސް އިރުޝާދު ދެއްވަނީ މިކަމުގެ މުހިންމުކަން ތަފާތު އެކިގޮތްގޮތަށް ރައްޔިތުންނަށް ހާމަކޮށްދެއްވަން.” ނާޡިމް

ވަޒީރު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މިހާތަނަށްވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް މާނަވީގޮތެއްގައި އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ވަސީލަތްތައް ތަރައްޤީކޮށްދެއްވުމުގެ އިތުރުން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަންފީޒީ އިދާރާތަކަށް ދެއްވަންޖެހޭ ބާރުތައް ދެއްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކާ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މާ ލަސްތަކެއްނުވެ ފެނިގެންދާނެކަން ވަޒީރު ވަނީ ފާހަގަކުރައްވަފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިއަހަރުގެ “ހެލްތު އެކްސްޕޯ” ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

Gi2xlucakaaynsd

މޫސުމާއި ގުޅުންހުރި ސިއްޙީ ނުރައްކާތަކުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވޭ: ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް

TTH_advertisement