ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އިންނަމާދޫގައި ފުލުހުންގެ މަރުކަޒު ޤާއިމުކޮށް ޚިދުމަތްދޭން ފަށައިފި

މާޅޮސްމަޑޫލު އުތުރުބުރި އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ. މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގެ ތާރީޚީ މަސައްކަތުގެ ނިމުން ފާހަގަކުރުމަށާއި ރ. އިންނަމާދޫގައި ފުލުހުންގެ މަރުކަޒެއް ހުޅުވުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، މިކަމުގެ ސަބަބުން ފުލުހުންނަށް ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދެވުމަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދިޔަކަމަށެވެ. އަދި މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.

“ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފޯރުކޮށްދޭ މި ޚިދުމަތަކީ ރައްކާތެރިކަން ލިބޭނެ ޚިދުމަތެއް. މި ރަސްމިއްޔާތަކީ މި ކާމިޔާބީ ފާހަގަކުުރުމަށް ބޭއްވޭ ހާއްސަ ރަސްމިއްޔާތެއް. މިއީ އަޅުގަނޑުމެން ފުލުހުން މުޖުތަމައުތަކާ ގުޅިގެން މަސައްކަތްކުރާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް. މީގެ ފަހަތުގައި ވަނީ ކޮންމެ މުޖުތަމައެއްގައިވެސް ސަލާމަތާއި، އިންސާފާއި، އިތުބާރު ރަމްޒުކޮށްދޭ ފަދަ ފުލުހުން ތިބޭނެކަން.” ސީޕީ ނަވީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއް ވަނީ ލޯންޗުކޮށްފައެވެ. މި ފޮތް ލޯންޗުކޮށްދެއްވީ ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި، މި މަސައްކަތުގައި އެހީތެރިވި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ މުވައްޒަފުންގެ ތެރެއިން ޖުމްލަ 13 ފަރާތަަކަށް ވަޒީރު ޢަލީ އިޙްސާން ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ޤާއިމްކޮށްދެއްވުމަށް ވަޒީރު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަޒީރަށް ޚާއްސަ ޕްލާކެއްވެސް އަރުވާފައިވެއެވެ.

އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު ބިންގާ އެޅި، މިހާރު މަސައްކަތް އެއްކޮށް ނިމިފައިވާ ތަނެކެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އޭރު އެންމެ ފަހުން މި ޚިދުމަތް ޤާއިމްކުރެވިފައިވަނީ ރ. އަތޮޅު ރަސްގެތީމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ހުއިފިލަނޑާތަކެއް ނީލަން ކިޔަން ނިންމީ ޕީޖީގެ ލަފާ ލިބިގެން: ފުލުހުން

police

ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ

ސުނާމީބިނާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ޑްރަގް މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި

TTH_advertisement