ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ނިއުޔޯކް ސިޓީއަށް ދާކަށް ބިރެއް ނުގަނޭ، ހައްޔަރު ކޮށްފާނެ ކަމަށްވެސް ބިރެއް ނުގަނޭ: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫ:

ހައްޔަރު ކޮށްފާނެ ކަމުގެ އިންޒާރު ދީފައިވީ ނަމަވެސް ނިއުޔޯކް ސިޓީއަށް ދާން ބިރު ނުގަންނަ ކަމަށް، އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ބުނެފިއެވެ.

ޓީވީއަކަށް ދިން ނުރަސްމީ އިންޓަރވިއުއެއްގައި ނަތަންޔާހޫ ބުނީ، އޭނާ ނިއުޔޯކް ސިޓީއަށް ގޮސްފިނަމަ ހައްޔަރު ކުރާނެ ކަމަށް، ނިއުޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޒޮހްރާން މަމްދާނީ ވިދާޅުވެ އިންޒާރު ދެއްވާފައި ވީނަމަވެސް، އެ ސިޓީއަށް ދާން ބިރު ނުގަންނަ ކަމަށެވެ.

އަދި ހައްޔަރު ކޮށްފާނެ ކަމަށްވެސް ބިރު ނުގަންނަ ކަމަށް ބުނެފައި ވެއެވެ.

މުޖުރިމު ނަތަންޔާހޫ، މަމްދާނީއަށް ނިސްބަތްކޮށް ބުނީ އެއީ “ތައުލީމެއްނެތް” މީހެއް ކަމަށެވެ

އެފަދަ މީހުންނަށް އިގްތިސާދަކީ ކޮންއެއްޗެއް ކަމެއް، އެންޓިސެމިޓިޒަމްއަކީ ކޮބައިކަމެއް އަދި ނުބައި މީހުންނަކީ ކޮން ބައެއްކަންވެސް ވަކިކުރަން ނޭނގޭ ކަމަށެވެ.

އެކަންކަމުގެ “އިލްމު އުނގެނުމުން” މަމްދާނީއާ ވާހަކަ ދައްކަން ތައްޔާރަށް ހުރި ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.

ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާ ހިންގާކަމުގެ ކާފީ ހެކި ހުރުމާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި، ޣައްޒާގެ އާންމުން ބަނޑަށްމެރުމުގެ ޖަރީމާ ހިންގާކަމުގެ ހެކިތަކާއެކު، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވަނީ މިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

އެކަމަކު، ދުނިޔޭގެ އެންމެ މަތީ ކޯޓުގެ އަމުރާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާތަނަށްވަނީ ތިން ފަހަރެއްގެމަތިން ނަތަންޔާހޫ އެމެރިކާއަށް ގެންގޮސް ރަތްދޫލައިގެ މަރްހަބާ ކިޔާފައެވެ.

އދގެ އާންމު މަޖިލީހުގެ ޖަލްސާއަށްވެސް ނަތަންޔާހޫ ނިއުޔޯކަށް ގޮސްފައި ވެއެވެ.

އދގެ މައި މަރުކަޒުވެސް ހުންނަ ނިއުޔޯކް ސިޓީއަކީ އެމެރިކާގެ އެންމެ އާބާދީ ބޮޑު އަދި އެމެރިކާގެ އެންމެ މުހިންމު ސިޓީވެސް މެއެވެ.

އެ ސިޓީގެ މޭޔަރަކަށް ވާދަކުރެއްވި ޒޮހްރާމް މަމްދާނީ ކެމްޕެއިންގައި ވިދާޅުވެފައިވަނީ، އޭނާ މޭޔަރަކަށް އިންތިޚާބުވެ އޭނާގެ ވެރިކަމުގައި ނަތަންޔާހޫ ނިއުޔޯކް ސިޓީއަށް އަތުވެއްޖެނަމަ ހައްޔަރު ކުރައްވާނޭ ކަމަށެވެ.

މޭޔަރު ކަމުގެ އިންތިޚާބަށްފަހު މީޑިއާގެ އެކި ވަސީލަތްތަކަށް ދެއްވި އިންޓަރވިއު ތަކުގައިވެސް މަމްދާނީ ތަކުރާރުކޮށް ވިދާޅުވެފައިވަނީ، ނަތަންޔާހޫ ނިއުޔޯކް ސިޓީއަށް އަތުވެއްޖެނަމަ ހައްޔަރު ކުރައްވާނޭ ކަމަށެވެ.

ނިއުޔޯކް ސިޓީއަކީ ނިއުޔޯކް ސްޓޭޓްގައި ހިމެނޭ ސިޓީއެކެވެ.

ނިއުޔޯކް ސްޓޭޓްގެ ގަވަރްނަރު ދެކޮޅު ހަދައިފިނަމަ އަދި ނިއުޔޯކް ފުލުހުންގެ ވެރިން ދެކޮޅު ހަދައިދިނަމަ ނަތަންޔާހޫ ހައްޔަރު ކުރެވޭނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މަމްދާނީ ވިދާޅުވީ، ގަވަރްނަރުވެސް އަދި ފުލުހުންވެސް އެމެރިކާގެ ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ ގާނޫނު ތަކަށް ބޯލަނބަން ޖެހޭނޭ ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ފުލުހުން ލައްވައި އެކަން ކުރުވާނޭ ކަމަށްވެސް މަމްދާނީ ވިދާޅުވިއެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބު މަމްދާނީ ކާމިޔާބު ކުރެއްވީ، އެމެރިކާގެ ރައީސް ޓްރަމްޕާއި، ވައިޓްހައުސްއާއި، އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕްތަކާއި، އެމެރިކާގެ މީޑިއާއާއި، އިސްރާއީލުން މަމްދާނީއާ ދެކޮޅު އެތައް ކެމްޕެއިނެއްކޮށް އޭނާގެ އަގު ވައްޓާލަން އެތައް މަސައްކަތެއް ކުރަމުންދަނިކޮށެވެ.

އެމެރިކާގެ 26 މަހުޖަނަކު މަމްދާނީ ހޮވުނަ ނުދިނުމަށް 22 މިލިއަން އެމެރިކާ ޑޮލަރު ބަހާލިއެވެ.

ނަމަވެސް، ނިއުޔޯކް ސިޓީގެ އާންމުންވަނީ އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މަމްދާނީއަށް ވޯޓުދީ އޭނާ އިންތިޚާބު ކޮށްފައެވެ. މަމްދާނީއަށް ވޯޓުދިން މީހުންގެ ތެރޭގައި ނިއުޔޯކް ސިޓީގެ ޔަހޫދީންވެސް ހިމެނެއެވެ.

އިސްރާއީލު ފިޔަވައި، އިސްރާއީލުން ބޭރުގައި ޔަހޫދީ އެންމެބޮޑު އާބާދީއެއް އޮންނަނީ ނިއުޔޯކް ސިޓީގައެވެ. މަމްދާނީއަށް ވޯޓުދޭ ޔަހޫދީއަކީ މޮޔައެއް ކަމަށް ޓްރަމްޕް ބުނަންވެސް ބުންޏެވެ. ނަމަވެސް، ޚާއްސަކޮށް ޔަހޫދީ ޒުވާނުން ތިބީ މަމްދާނީއާ އެކުގައެވެ.

ނިއުޔޯކް ސިޓީ އިސްރާއީލަށް ގެއްލިގެން ދިއުމަކީ އެމެރިކާގައި އިސްރާއީލުގެ ނުފޫޒު ނެތިގެން ދިއުން ކަމަށް ބެލެވިފައި ވެއެވެ. އެހެންވެ، މަމްދާނީގެ އަގު ވައްޓާލަން އެތައް އެތައް ކަމެއް ހިންގަމުން އެބަ ގެންދެއެވެ.

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ މަމްދާނީ ކުރައްވާނީ 2026 ވަނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މަމްދާނީ އޭނާގެ ކެބިނެޓް އެކުލަވާލަން މިހާރު ފަށާފައި ވާއިރު، ނަތަންޔާހޫ ހައްޔަރު ކުރުމުގެ ބާރު ގާނޫނީގޮތުން މޭޔަރަށް ލިބިވަޑައި ގަންނަވައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނަށް ހަމަލާދޭން ސައުދީ ބިމާއި ވައިގެ ސަރަހައްދުވެސް ބޭނުން ނުކުރެވޭނޭކަން ރަސްމީކޮށް އަންގައިފި

އަސްކަރީ ބަޣާވާތެއްކޮށް ރައީސް ޝީ ޖިންޕިންގ މަގާމުން ދުރުކުރަން އުޅުނުކަމަށް ފެތުރެމުންދާ ވާހަކަތައް

TTH_advertisement