ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް މިއަދުވެސް ވަރުގަދަ ހަމަލާތަކެއް ދެނީ

އިސްތިއުމާރީ ސިފައިން ޚާން ޔޫނިސްއަށް މިއަދު ބޮން އަޅަނީ:

އިސްތިއުމާރީ އިސްރާއީލުގެ ސިފައިން މިއަދުވެސް ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

އެގޮތުން، ޣައްޒާގެ އުތުރުން ގާޒާ ސިޓީއަށާއި، ބައިތު ލާހިޔާ އަދި ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.

އަދި އެ ރަށްތަކަށް ބޮޑުބަޑީގެ ހަމަލާތައްވެސް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، ގާޒާ ސިޓީއާއި، ޚާން ޔޫނިސްގައި އެތައް ގެއަކާއި އިމާރާތްތަކެއް ޓެރަރިސްޓުން ގެންދަނީ ގޮއްވައި އަދި ބުލްޑޯޒަރު ބޭނުންކޮށްގެން ވައްޓައި ބިމާހަމަ ކުރަމުންނެވެ.

އިސްތިއުމާރީ ސިފައިން މިއަދު ފުރަތަމަ ހަމަލާދިން އެއްވެސް ސަރަހައްދަކީ، އެމީހުން ޣައްޒާގައި ދަމާފައިވާ ކަމަށް ބުނާ “ޔެލޯލައިން” ގޭ ބޭރުން ހިމެނޭ ސަރަހައްދުތަކެވެ.

ޔެލޯލައިންގެ އެތެރޭގައި ހިމެނޭ ހުރިހާ ހިސާބެއް ކޮންޓްރޯލް ކުރަނީ އިސްތިއުމާރީ ޓެރަރިސްޓުންނެވެ.

މީގެއިތުރުން، ޔެލޯލައިންގެ އެތެރޭގެ ސަރަހައްދުތަކަށް މީގެ އިރުކޮޅެއް ކުރިން ވައިގެ ދެ ހަމަލާއެއްދީ އަދި ގެތަކާއި އިމާރާތްތައްވެސް ބިމާހަމަ ކުރަމުން އެބަ ގެންދެއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ މަހަކަށްވުރެ ގިނަދުވަސް ވެގެން ގޮސްފައިވާއިރު، އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ކޮންމެ ދުވަހަކު ގެންދަނީ ޣައްޒާއަށް ބޮމާއި މިސައިލުން ހަމަލާދީ، އަދި ބޮޑުބަޑީގެ ހަމަލާތައް ދެމުންނެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ހަމަލާދީ މިހާތަނަށް ޣައްޒާއިން 245 މީހުން ޝަހީދު ކޮށްލާފައި ވާއިރު، 627 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ