ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީން 6 އަތޮޅެއްގައި ހައުސިންގ ޔުނިޓް އަޅަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފި

TTH_Ads
STO_Ads
Advertisement

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 6 އަތޮޅެއްގައި ހައުސިންގ މަޝްރޫޢު ހިންގުމަށް ޝަޢުގުވެރިވާ ކުންފުނިތައް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިޢުލާނުނައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ހުޅުވާލާފައިވަނީ ހދ،ށ،ލ،ރ،ޅ އަދި އައްޑު އަތޮޅުގެ ރަށްތަކުގައެވެ. މި އަތޮޅުތަކުގެ 10 ރަށެއްގައި ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުތަކަށް ޝައުގުވެރިވާފަރާތްތައް އެޗްޑީސސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

HajjCop_ads
Advertisement

ސަރުކާރުން އަންނަނީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުގެތެރޭގައި މިހާތަނަށް 57 ރަށެއްގައި 12000 އަށްވުރެ ގިނަ ހައުސިން އެޅުމަށް ވަނީ އިޢުލާންކޮށްފައެވެ.

ހަމައެއާއެކު، މި މަޝްރޫޢުތަކަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑްގައި އަންނަނީ ކުރަމުންނެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ، 13 ރަށެއްގައި 825 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. ބާކީ މި މަޝްރޫޢުގައި ހިމެނޭ ރަށްތަކަށް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރިއަށްގެންދަމުންނެވެ.

މީގެ އިތުރުންވެސް ހައުސިން ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ކުރިއަށް ގެންދާނެކަން ސަރުކާރުންވަނީ އިޢުލާންކޮށްފައެވެ.

މިއަހަރާ އަދި އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައި ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް 1 ބިލިނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އިޖުތުމާއީ ދާއިރާތަކުން ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ބޯހިޔާވަހިކަމުގެ ދާއިރާއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 05 06 at 16.23.12

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ

central park

ސެންޓްރަލް ޕާކުގައި އިތުރު ޕާކިންގް ޒޯނެއް ހަދައިފި

hulhumale

ހުލުމާލޭގައި މަގުހަދާ ސަރަހައްދުތަކަށް އާންމުން ނުވަނުމަށް އިލްތިމާސްކޮށްފި

HDC

“ވިލުންވެރި ކަނބަލުން” ޕްރޮގްރާމަށް ހުޅުވާލައިފި