ކުއްލި ޚަބަރު

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

އަންނަ ހަފުތާގައި ގޯތި ދޫކުރާ އުސޫލު އާންމުކުރާނަން: ރައީސް

ރާއްޖެ-ފަލަސްޠީން މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސް މުޢިއްޒު ބައްލަވައިގެންފި

ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްލަވައިގެންފިއެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ޠާރިޤު ރައީސަށް ހަވާލުކުރެއްވީ 1000 ރުފިޔާގެ ޕްލެޓިނަމް ޓިކެޓާއި ހަނދާނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ރައީސް މުޢިއްޒު ވަރަށް ފާޅުގައި ވަކާލާތު ކުރައްވާއިރު، އެމަނިކުފާނުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ފަލަސްޠީނުގެ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވިއެވެ. މިރޭ އާއި މާދަމާރޭ ކުޅޭ ދެ މެޗަށް ވީހާވެސް ގިނަބަޔަކު ސްވެނިއަރ ޓިކެޓް ގަތުމަކީ ސަރުކާރުގެ ބޮޑު އެދުމެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ.

ސްވެނިއަރ ޕްލެޓިނަމް ޓިކެޓު 1000 ރުފިޔާއަށް އަދި ސްވެނިއަރ ގޯލްޑް ޓިކެޓު 500 ރުފިޔާއަށް ވިއްކަމުން އަންނައިރު، މި ޓިކެޓުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓުބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް ފަލަސްޠީން ފުޓުބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ބުންޏެވެ. ދެ މެޗަށް ވެސް ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ހިލޭ ވަދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Palestine team

ރާއްޖެ އާއި ފަލަސްޠީނު މެޗުގެ ޓިކެޓް ވިއްކަން ފަށައިފި

ނައިބު ރައީސް ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި

ތަޖުރިބާ ހޯދުމަށް ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު ލަންކާއަށް

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ނިންމާލައިފި

TTH_advertisement