ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލައުތުރު ފުޓެސެލް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުތީމުން އުފިލައިފި

ހަތަރު ވަނަ ތިލައުތުރު ފުޓްސެލް މުބާރާތުގެ ތަށި ހއ އުތީމުން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.
އުތީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުރައިދު އާއި ވާދަކޮށް ފުރިހަމަ ވަގުތު ހަމަވައިރު 1-1 އެވަރުވުމުން ޕެނެލްޓީގައި 3-5 ލަނޑުން ކުރިހޯދައިގެންވެ.

ތިލަދުންމަތި އުތުރުބުރީގަ ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް މިފަހަރު ބޭއްވީ އުތީމުގައެވެ. މި އަހަރު މުބާރާތުގައި ހއ އަތޮޅުގެ 9 ރަށަކުން ވަނީ ވާދަކޮއްފައެވެ.

މުބާރާތުގެ ފައިނަލަށް އުތީމު ދަތުރުކުރީ ސެމީ ފައިނަލުގައި ދިއްދޫ ބަލިކުރުމައްފަހުއެވެ. މުރައިދޫ ފައިނަލަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކުރުމަށްފަހުއެވެ.

އުތީމުން މިފަހަރު ތަށި ހޯދީ ފުރަތަމަ ތިން ފައިނަލުގައި ވެސް ނާކާމިޔާބާ ކުރިމަތިލުމަށް ފަހުއެވެ. އުތީމު ޗެމްޕިއަންކަން ހޯދުމާއެކު ތިލައުތުރު ފުޓްސެލް މުބާރާތުގެ ހަތަރު މުބާރާތުގެ ތަށި ވަނީ ތަފާތު ހަތަރު ރަށަކުން ކާމިޔާބުކޮއްފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާ މެޑަލް ހަވާލުކޮއްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. އަދި މި ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމު ރައްޔިތުންނަށް އަރުވައިފި

އުތީމުގައި ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާ އަޅައިފި