ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

އިސްލާމްއާބާދު ހަމަލާއާ ގުޅުވައި ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ތުހުމަތު އިންޑިއާއިން ދޮގުކޮށްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދެވުނު ވަރުގަދަ ބޮމުގެ ހަމަލާއާ އިންޑިއާ ގުޅުވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ދެއްކެވި ވާހަކަތައް އިންޑިއާއިން ދޮގުކޮށްފިއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ބޮމުގެ ހަމަލާދިނުމުގެ އަޑީގައި އޮތީ އިންޑިއާ ކަމަށް ޝަހްބާޒް ކުރެއްވި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ، އިސްލާމްއާބާދުގެ ކޯޓު އިމާރާތުގެ ކައިރީގައި މިއަދު ދެވުނު ބޮމުގެ ހަމަލާއާއި، އަދި ޕާކިސްތާން ސިފައިން ހިންގާ ކެޑޭޓް ކޮލެޖަށް ހަތިޔާރު އެޅި ބަޔަކު ރޭގައި ދޭން އުޅުނު ހަމަލާއަކީ އަފްޣާނިސްތާނު ތެރެއިން ރޭވިގެން އައި ހަމަލާތަކެއް ކަމަށާއި އަދި އެއީ އިންޑިއާއިން ތާއީދު ދީގެން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، މިއީ އިންޑިއާއިން ސަރަހައްދުގައި ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އެންމެ ނުބައި ނަމޫނާ ކަމަށެވެ.

އިންޑިއާ ޚާރިޖިއްޔާގެ ތަރުމާނު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްއާބާދަށް ދެވުނު ހަމަލާގެ ތުހުމަތު އިންޑިއާގެ ބޮލުގައި އެޅުވީ، ވެރިކަމުގެ ބަރާހެދި ޕާކިސްތާނުގެ އެތެރޭގައި ހިނގަމުންދާ ކޯޅުންތަކުން އާންމުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަން ކަމަށެވެ.

އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ ކޯޓުހައުސް އިމާރާތުގެ މައި ގޭޓު ކުރިމަތީގައި ކާރެއް ގޮއްވާލައިގެން ހަމަލާ ދީފައިވަނީ މީހަކު އަމިއްލަ ހަށިގަނޑު ގޮއްވާލައިގެންނެވެ.

ޕާކިސްތާނު ފުލުހުން މިހާރު ދަނީ، އެމީހާގެ ހަށިގަނޑުގެ ގުނަވަންތައް ތަހުލީލުކޮށް އެއީ ކާކުތޯ ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.

ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފް ވިދާޅުވީ، ބޮމުގެ ހަމަލާދޭން އައި މީހާ އުޅުނީ ކޯޓު އިމާރާތުގެ ތެރެއަށް ވަދެ ހަމަލާދިނުމަށް ކަމަށާއި، ނަމަވެސް އޭނާއަށް އެތެރެއަށް ވަދެވޭގޮތް ނުވީމާ، ގޭޓު ކައިރީގައި އޮތް ފުލުހުންގެ ވެހިކަލްއަށް އަމާޒުކޮށް ބޮން ގޮއްވާލީ ކަމަށެވެ.

ވެހިކަލް ކައިރީގައި ބޮން ގޮއްވާލާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދައުރުވަމުން އެބަދެއެވެ.

https://x.com/RT_com/status/1988290412927447226

މި ހަމަލާގައި 12 މީހުން މަރުވެ، 27 މީހުން ޒަޚަމްވެފައި ވާއިރު، ޒަޚަމްވާ ބައެއް މީހުން ހާލު ސީރިއަސްކަމުން، ހަމަލާގައި މަރުވާ މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް، ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައި ވެއެވެ.

އިސްލާމްއާބާދަށް ދެވުނު ބޮމުގެ ހަމަލާގެ ޒިންމާ، ޕާކިސްތާން ތާލިބާން ޖަމާއަތުން އުފުލާފައި ވާއިރު، ޕާކިސްތާނުން ބުނެފައިވަނީ، ތާލިބާން ޓެރަރިސްޓުންނަށް ހިމާޔަތް ދެނީ އަފްޣާނިސްތާނުން ކަމަށެވެ. އެމީހުން ތިބެނީ އަފްޣާނިސްތާނުގައި ކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިކަމުގައި މިހާރު އޮތީ އަފްޣާނިސްތާންގެ ތާލިބާން ޖަމާއަތެވެ.

އަފްޣާނިސްތާނާއި، ޕާކިސްތާނާ ދެމެދު މިފަހުން ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ބޯޑަރު ހުރަސްކޮށް ދެފަރާތުން އެތައް ހަމަލާތަކެއް ބަދަލުކޮށް  ދެ ފަރާތުން ސިފައިންނާއި އާންމުންގެ އެތައް ބަޔަކުވެސް މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްލާމްއާބާދަށް ދިން ޓެރަރިސްޓު ހަމަލާ، ޕާކިސްތާނުގެ ބޮޑުވަޒީރު ހަރުކަށި އިމާރާތުން ކުށްވެރި ކުރައްވައިފި

ދިއްލީގެ ރެޑްފޯޓްގައި ބާރުގަދަ ގޮވުމެއް: 8 މީހަކު މަރުވެ 24 މީހަކު ޒަޙަމްވެއްޖެ

ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލައިފި

ޕާކިސްތާނު ސިފައިން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

TTH_advertisement