ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްލީގައި ބާރުގަދަ އެއްޗެއް ގޮއްވައި ބަޔަކު މަރުވުން: ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑް ފޯޓުގައި ބާރުގަދަ އެއްޗެއް ގޮވައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތާމަފާޅު ކުރައްވާ ތަޢުޒިޔާ ފޮނުއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހިތާމައިގެ މިވަގުތު އާއިލާތަކަށް ހިތުގެ އެންމެ އަޑީން ތަޢުޒިޔާ ފޮނުއްވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި މި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަތެވެ. އަދި ދިވެހިން ތިބީ އިންޑިއާގެ ރައްޔިތުންނާއެކުކަން ހާމަކުރައްވާފައިވެ އެވެ.

ރެޑް ފޯޓުގައި ބާރުގަދަ އެއްޗެއް ގޮވައި 10 މީހަކު މަރުވި އެވެ. އަދި ގިނަ ބަޔަކު ޒަޚަމްވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރާވައިގެން މި ހަމަލާދިނީ ކާރެއްގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. ޓެރަރިސްޓް މި ހަމަލާއާ ގުޅިގެން އިންޑިއާއަށް ބޮޑު ނުތަނަވަސް ކަމެއް ވަނީ ކުރިމަތިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ