ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރަނީގެ މައްސަލަ ހައްލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ޒަމީރު

ދައުލަތުގެ ދަރަނީގެ މައްސަލަ ހައްލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ މައިގަނޑު އަސާސަކީ ބޭރުގެ ދަރަނި އަދާކުރުމަށް މަގުފަހިކުރުންކަމަށާއި، އާމްދަނީއަށް ބަލައިގެން ޚަރަދުތައް ކުރެވޭގޮތަށް ރާވާފައިވާކަމަށެވެ.

އަންނަ އަހަރު އޮތް އެންމެ ބޮޑު ޗެލެންޖަކީ އެއްފަހަރާ ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ދައްކަންޖެހުންކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ބޭރު ގައުމުތަކަށް ދަތުރުކުރައްވައިގެން ދަރަނިތަކަށް ލުއިތައް ހޯއްދަވައިދެއްވާފައިވާކަމަށާއި އެންމެ ބޮޑެތި ދަރަނި ދިގު މުއްދަތަކަށް ބަހާލައި، ޔޫއޭއީން ނަގާފައިވާ ޔޫރޯ ބޮންޑުގެ ދައްކުމުގައިވެސް ލުއި ގޮތްތަކެއް ހޯދާފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

މިސަރުކާރުން ދައްކަންޖެހޭ ދަރަނީގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަން ފެށުމުން، އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް ނާޒިލް، މިސަރުކާރު ނިމިގެންދާއިރު ހުރިހާ ދަރަންޏެއް ދައްކާ ހަލާސްކުރެވޭނެތޯ ސުވާލުކުރެއްވިއެވެ. މިސުވާލަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވީ، ޖީޑީޕީގެ ނިސްބަތުން ދަރަނީގެ އަދަދު މަދުވާނެކަމަށް ބެލެވޭ ނަމަވެސް، ރާއްޖޭގެ ނިޒާމު ބިނާވެފައިވަނީ ދަރަންޏާއި ނުލާ ހިންގޭ ގޮތަކަށް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި

778

500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ރީފައިނޭންސް ކުރަނީ އަނބުރާ ދެއްކޭނެގޮތްތައް ބަލައިގެން: ޒަމީރު

55

މާލޭގެ ވިޔަފާރި ބަނދަރު ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ޒަމީރު

finance

ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން މާލީ ޙާލަތަށް ބޮޑު ކުރިއެރުމެއް