ކުއްލި ޚަބަރު

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްއާރުއައި ހިދުމަތް ދިނުމުގެ ކެމްޕޭނެއް ފަށައިފި

990

ޓްރީ ޓޮޕް ހޮސްޕިޓަލުން، އެމްއާރުއައި (މެގްނެޓިކް ރިޒޮނަންސް އިމޭޖިންގ) ހިދުމަތް  ދިނުމުގެ ޚާއްސަ އެމްއާރުއައި ކެމްޕޭން އިޢުލާނުކޮށްފިއެވެ. މި ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ މާލީ ހުރަސްތައް ނައްތާލައި، ބަލި ދެނެގަތުމުގެ މުހިންމު ހިދުމަތްތައް އާންމުންނަށް ފަސޭހަކޮށްދިނުމެވެ.

މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުން މި އަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕޭނަކީ ޚާއްސަކޮށް ދިވެހިންނަށް އަމާޒު ކޮށްގެން ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން “އެމް އާރް އައި” ގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އިންޝުއަރެންސް ޚަރަދުގެ އިތުރުން އަމިއްލަ ޖީބުން އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.

މި ކެމްޕޭންގެ މައިގަނޑު އެއް މަޤްސަދަކީ، އެމްއާރުއައި ހެދުމުގެ ޚަރަދު ބަލި މީހުންނަށް ހުރަހަކަށް ވެގެން، ބަލި ދެނެގަތުން ލަސްވިޔަ ނުދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން އުއްމީދުކުރަނީ މި ފަދަ މުހިންމު ޑައިގްނޯސްޓިކް ހިދުމަތެއް ހިލޭ ދިނުމުގެ ސަބަބުން ބަލި މީހުންނަށް އަވަހަށް ބަލި ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަށް މަގުފަހިވެގެން ދިއުމެވެ. އަދި މިއީ ކެންސަރު، ނާރުގެ ބަލިތައް، އަދި މަސްތަކާއި ކަށިތަކުގެ އަނިޔާ ފަދަ ބަލިތައް އަވަހަށް ދެނެގަތުމަށް ފުރުސަތު ފަހިވެގެންދެއެވެ.

މި ހިދުމަތް ހޯދުމަށްޓަކައި، ބަލި މީހުންގެ އަތުން ފައިސާ ނުނެގި ނަމަވެސް، އެމްއާރުއައި ހެދުމަށްޓަކައި ޑޮކްޓަރެއްގެ ރިފަރަލް ނުވަތަ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. މިއީ އެމްއާރުއައި ހެދުމަކީ ޞިއްޙީ ގޮތުން މުހިންމު ކަމެއްކަން ކަށަވަރުކުރުމަށްޓަކައެވެ. ހޮސްޕިޓަލުން ބުނެފައިވަނީ މި ކެމްޕޭނުގައި ބޭނުންކުރާނީ ޒަމާނީ އެމްއާރުއައިގެ ސާމާނު ކަމަށާއި، ނަތީޖާ ދިރާސާކުރާނީ ތަޖުރިބާކާރު ރޭޑިއޮލޮޖިސްޓުން ކަމަށެވެ. މިއީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރިޕޯޓުތައް ސީދާކުރުމަށްޓަކައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު،ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 11 15 at 10.10.23

ހެލްތް އެކްސްޕޯ ގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ބައިވެރިވެއްޖެ, އަވަހަށް ވަޑައިގަންނަވާ

TTH_advertisement