ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

އިންޑޮނޭޝިޔާގެ ކުރީގެ ރައީސް ޖެނެރަލް ސުހާޓޯއަށް ގައުމީ ބަތަލެއްގެ ލަގަބް އަރުވައިފި

Su

އިންޑޮނޭޝިޔާގެ މިހާރު އަވަހާރަވެފައިވާ ކުރީގެ ރައީސް ޖެނެރަލް ސުހާޓޯއަށް، އިންޑޮނޭޝިޔާ ސަރުކާރުން ގައުމީ ބަތަލެއްގެ ލަގަބް އަރުވައިފިއެވެ.

ޖެނެރަލް ސުހަޓޯއަކީ 1967 އިން ފެށިގެން ތިރީސް އަހަރު ވަންދެން އިންޑޮނޭޝިޔާގައި ވެރިކަން ކުރެއްވި ލީޑަރެކެވެ. އޭނާއަކީ އިންޑޮނޭޝިޔާގެ މިނިވަން ކަމަށް ކުރެވުނު މަސައްކަތުގެ އެންމެ އިސް އެއް މޭސްތިރިވެސް މެއެވެ.

ނެދަރލޭންޑްސްއާއި ޖަޕާނުގެ އަތްދަށުން އިންޑޮނޭޝިއާއަށް މިނިވަންކަން ލިބުނީ 1945 ވަނަ އަހަރުއެވެ.

ޖެނެރަލް ސުހާޓޯ އިންޑޮނޭޝިޔާގައި ތިރީސް އަހަރު ވަންދެން ވެރިކަން ކުރެއްވިއިރު ޒަމާނީ އިންޑޮނެޝިޔާއެއް ބިނާކުރެއްވުމުގެ ކްރެޑިޓްވެސް ގިނަ ބަޔަކު ދެނީ އޭނާއަށެވެ.

އެކަމަކު، ސުހާޓޯގެ ވެރިކަން އިންޑޮނޭޝިޔާގެ ރައްޔިތުން ސިފަކޮށްފައިވަނީ ގޮށްމުށުގެ ވެރިކަމެއްގެ ގޮތުގައެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ކޮރަޕްޝަން އާންމުވުމާއި، އާއިލާ މީހުންނަށް މަތީ މަގާމުތައް ދިނުމުގެ މައްސަލަތަކުގައި ރައްޔިތުން ރުޅިއައިސް މަގުތަކަށް ނުކުމެ ކުރި ވަރުގަދަ މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ 1998 ވަނަ އަހަރު ސުހާޓޯ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައި ގަތުމެވެ.

ޖެނެރަލް ސުހާޓޯ އަވަހާރަވެފައިވަނީ 2008 ވަނަ އަހަރުއެވެ،

އިންޑޮނޭޝިޔާގެ މިހާރުގެ ސަރުކާރުން ސުހާޓޯއަށް ގައުމީ ބަތަލެއްގެ ލަގަބް އެރުވީ، ސުހާޓޯގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންގެ އާއިލާތަކާއި، ޑިމޮކްރަސީ އެކްޓިވިސްޓުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ގެންދަނިކޮށެވެ.

ސުހާޓޯއަށް ގައުމީ ބަތަލެއްގެ ލަގަބް އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިޔާތު ޝަރަފްވެރި ކޮށްދެއްވީ އިންޑޮނޭޝިޔާގެ މިހާރުގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯއެވެ. އަދި ލަގަބްގެ ލިއުން ސުހާޓޯގެ އަންހެން ދަރިކަނބަލުންނާއި އަދި ފިރިހެން ދަރިކަލުންނާ ހަވާލުކޮށްދެއްވީވެސް ރައީސެވެ.

ޕްރަބޯވޯ ސުބިއާންޓޯއަކީ ކުރީގެ ރައީސް ޖެނެރަލް ސުހާޓޯގެ ކުރީގެ ދަނބިދަރިކަލުންނެވެ.

ޕްރަބޯވޯ ސުބިއާންޓޯ އިންޑޮނޭޝިޔާގެ ރައީސްކަމަށް ވަޑައިގެންނެވީ މީގެ އަހަރެއް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިއްސާރައިގައި އޭޝިޔާއިން މަރުވި މީހުންގެ އަދަދު 1،750 އަށް، ބައެއް ގައުމުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހެނީ

އިންޑޮނޭޝިޔާގެ ރައީސް އިސްރާއީލަކަށް ވަޑައިނުގަންނަވާ، ފެތުރީ ދޮގު ރިޕޯޓްތަކެއް

ޑޮކްޓަރީ ބޭހުގެ އަގު ރައްޔިތުން އަތްފޯރާފަށަށް ގެނައުމަށް އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ބޭސް އުފައްދަން ފަށަނީ

އިސްރާއީލުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފިނަމަ އިސްރާއީލާ ގުޅުން ގާއިމްކުރާނަން: އިންޑޮނޭޝިޔާގެ ރައީސް

TTH_advertisement