ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

90 ދުވަހަށްވުރެ ގިނަދުވަސްވީ ހުރިހާ ފައިސާއެއް ދައްކައިފިން: ޒަމީރު

ދައުލަތުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 90 ދުވަހަށްވުރެ ގިނަދުވަސްވީ ހުރިހާ ފައިސާއެއް އިއްޔެގެ ނިޔަލަށް ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އަންނަ 2026 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބަޖެޓުގައި ހިމެނޭ އެކި ކަންކަމާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުން އެކި ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ބަޖެޓް ކޮމިޓީގައި އިއްޔެ ވަނީ ފާހަގަކުރައްވައިފައެވެ.

އެ ފައިސާއަކީ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާކަން ފާހަގަކޮށް، ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކާ އެއްގޮތަށް މިހާރު ދަރަނި ދައްކަމުންދާ ކަމަށެވެ.

“ރައީސްގެ ވައުދަކާ އެއްގޮތަށް މިހާރު މިދަނީ ފައިސާ ދައްކަމުން، އަޅުގަނޑު ހަނދާންވަނީ މިއަދު އެންމެފަހުން ޓްރެޒަރީ ޑިޕާޓްމަންޓުން ފޮލޯއަޕް ބްރީފް ގެނައިއިރުގައި މިހާރު ޕޯސްޓް ކުރެވިފަހުރި ފައިސާގެ ތެރެއިން 90 ދުވަހަށްވުރެ އިތުރުވެފައި ހުރި ހުރިހާ ފައިސާއެއް ހުރީ، އަޅުގަނޑު ހަނދާން ވަނީ އިއްޔެގެ ނިޔަލަށް ދައްކައިފަ،”

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިއަދު ވެސް އެކި ފަރާތްތަކަށް 200 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ވަރަށް ގިނަ ލުއިތައް އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމުގެ ސަަބަބުން އެއްވެސް ފަރާތަކާ ދޭތެރޭ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފިޔަވަޅު އަޅާނަމަ، އެ ފަރާތަށް ފިޔަވަޅު ނާޅަން ސަރުކާރުން މީރާގައި ބުނާ ކަމަށެވެ. އަދި ކޭޝްފްލޯގެ ދަތިކަން ކުރުމުގެ ސަބަބުން ސަރުކާރުން ފައިސާ ނުދެއްކި އޮތީކަމަށް އަންގާ ކަަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ސްކޫކްގެ ދަރަނި ޚަލާސްކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު ދެއްވައިފި

ރާއްޖެއާއި އޮމާނާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި

Mm

ރާއްޖެ އާއި އޯޕެކް ފަންޑާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

minister zameer

މިނިސްޓަރ ޒަމީރު ސަރޖަރީއެއް ފުރިހަމަކޮށްފި، ވަޒީރުގެ ހާލު