ކުއްލި ޚަބަރު

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް އިންވެސްޓަރުންނާއި ވިޔަފާރިތައް ހޯދައިދިނުމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބު، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕް ރާމް މޯހަން ނައިޑު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕް ރާމް މޯހަން ނައިޑު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުއަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނޫން ކަމަށާއި އެއީ ދެ ޤައުމުގެ ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށެވެ، އަދި މި މަޝްރޫޢު އަވަހަށް ނިންމެވުމަށް އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާއިން ދެއްވި އެއްބާރުލުމަށް ނައިޑު ޝުކުރު އަދާކުރެއްވިއެވެ.

ނައިޑު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓު މަޝްރޫޢުއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަން ދައްކުވައިދޭ މަސައްކަތެއްކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމަށްފަހު ހުޅުވިގެން ދިއުމަކީ، ދަތުރުފަތުރުން ރާއްޖޭގެ އުތުރު ދުނިޔޭގެ އެހެން ސަރަހައްދުތަކާއި ގުޅުވާލައި، އެ ސަރަހައްދަށް އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ނައިޑު ވިދާޅުވިއެވެ. ނައިޑު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާ އޮންނާނީ އަބަދުވެސް ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރަށްކަމަށެވެ.

“ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާއިރު، އިންޑިއާއިން އޮތީ އިންވެސްޓް ކުރުމާއި ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިކުރުމަށް އަތުގުޅާލައިގެން ކުރިއަށްދާން ތައްޔާރަށް. އަޅުގަނޑުމެން އުއްމީދަކީ މިކަންކަން ފަހިކުރަން މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދެ ޤައުމު ދެމެދު އިންވެސްޓްމެންޓު މުއާހަދާގެ މަސައްކަތް އަވަހަށް ނިމިގެން ދިއުން. ” އިންޑިއާ ސިވިލް އެވިއޭޝަން މިނިސްޓަރު ކިންޖަރަޕް ރާމް މޯހަން ނައިޑު ވިދާޅުވިއެވެ.

އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރު ވިދާޅުވީ ވަށާޖެހޭ ތަރައްޤީއެއް ހޯދުމަށް ދަތުރުފަތުރުގެ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު ދަތުރުފަތުރުގެ ދާއިރާއިން އިތުރު ދޮރުތައް ހުޅުވިފައިވާއިރު، އެކަމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކާއި ރައްޔިތުން ގުޅާލަދޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

ބަޔޯމެޓްރިކްސް ނުދީ އުޅެމުންދިޔަ 922 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފިން: ރައީސް

TTH_advertisement