ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކާ ހަވާލުކޮށްފި

990

ރާއްޖޭގެ ގައުމީ ސިއްހީ ލެބޯޓަރީގެ ފީސިބިލިޓީ ހެދުމަށާއި ޑިޒައިން އަދި ކޮންސްޓްރަކްޝަން މަސައްކަތް ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެބްގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއް ސަމަދު އަބްދުﷲ އެވެ. ޖަރުމަންގެ ޖައިޓެކް ކޮންސަލްޓަންސިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗާ ކްރިސްޓްނަ ޖެންރާއެވެ.

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތަށްފަހު ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން | ފޮޓޯ: ހެލްތް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް އެކަމާ ގުޅޭ، ގައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި މިއަދު ކޮންމެހެން ވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

”ތަފާތު ބޭސްތައް ތަހުލީލުކުރުމާއި އެފަދަ މުހިންމު ކަންތައްތައް ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބަރޯސާވާން ޖެހެނީ ބޭރުގެ ލެބޯރެޓެރީތަކަށް،“ އޭނަ ވިދާޅުވި އެވެ. ”ކަމުގެ ސަބަބުން އެކަމަށް ހިނގާ ހަރަދު އިތުރުވެ، ހަދަރު ބޮޑުވެ، އެންމެ މުހިންމު ވަގުތުތަކުގައި އަޅުގަނޑުމެންނަށް އެ ހިދުމަތް ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތުގައި ދިނުމަށް ވަނީ ގޮންޖެހުމަކަށްވެފައި.“

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ހެލްތް މިނިސްޓްރީ

ލެބް ހެދުމުގެ މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުތެރޭ ނިމި، ހިދުމަތް ލިބޭ ތަނަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ލެބްގެ މަސައްކަތް ޖަރުމަނުގެ ކުންފުނިން، އެތަނުގެ ކޮންސަލްޓެންސީއާއި ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްދުވަސްތެރޭގައި ނިންމައި، ދެވަނަ ފޭސްގެ ދަށުން ކޮންޓްރެކްޓަރެއް ހޯދައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ލެބޯޓަރީ ގާއިމު ކުރަނީ ހުޅުމާލޭގައި 12 ބުރިއަށެވެ. އެ ތަނުގައި މައިކޮލޮޖީ، އިންޓާނޮލޮޖީ އަދި ޕެރަސަޓޮނޮލޮޖީގެ ޓެސްޓުތައް ހެދުމުގެ އިންތިޒާމުތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ދިރާސާތައް ކުރުމުގެ ފުރުސަތު ހުޅުވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިއްޙީ ދާއިރާއާ ގުޅޭ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ގަމު ހޮސްޕިޓަލުގެ އާ އިމާރާތާއި ބަނދަރުގެ މަޝްރޫއު އެމްޓީސީސީއަށް

ށ.ފޭދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް

health ministry

ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ

TTH_advertisement