ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފިއެވެ. މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތީ އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އިންޑިއާގެ އެގްޒިމް ބެންކްގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެންމެ ބޮޑެތި A-320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މިރޭ ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގަތީ އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއެވެ. އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.

ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަތޮޅުތަކުގެ އެއަރޕޯޓުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖާއެކު ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ. މި މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި

Mussss

އިންޑިއާއިން ދޭ 20 ސްކޮލާޝޮޕަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާ އިން އެހީގެ ގޮތުގައި މިއަހަރު ރާއްޖެއަށް ކަނޑައެޅީ 59 މިލިއަން ޑޮލަރު

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ