ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ލުބުނާނުގެ ދެކުނަށް އަނެއްކާވެސް ބޮންއަޅައި ދެމީހުން މަރާލައިފި

ލުބުނާނުގެ ދެކުނު

 

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ އިސްރާއީލުން ވެހިކަލަކަށް ބޮމުގެ ހަމަލާއެއްދިނުގެ ސަބަބުން ދެމީހުން މަރުވެފައިވާ ކަމަށް ލުބުނާނު ސަރުކާރުން ބުނެފިއެވެ.

ލުބުނާނު ނޭޝަނަލް ނިއުސް އޭޖެންސީން ބުނެފައިވަނީ، ހަމަލާގައި މަރުވެފައިވަނީ ދެބެއިން ކަމަށެވެ.

އިސްތިއުމާރީ ސިފައިން ވެހިކަލަށް ހަމަލާ ދީފައިވަނީ ލުބުނާނުގެ ދެކުނުގެ އައި އަތާއާއި، ޝީބާއާ ދެމެދުން ދަތުރުކޮށްފައި ދަނިކޮށެވެ.

ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާއި އިސްރާއީލާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވުމެއް ވެފައިވާއިރު، އިސްތިއުމާރީ ސިފައިން ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ގެންދަނީ ލުބުނާނުގެ ރަށްތަކަށް ބޮންއަޅައި އަދި މިސައިލުންވެސް ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގައި އާންމު އެތައް ބަޔަކު މިހާތަނަށް މަރުވެފައި ވެއެވެ.

މުޖުރިމު ނަތަންޔާހޫއާއި، އިސްތިއުމާރީ ޓެރަރިސްޓު އަސްކަރީ ވެރިން ބުނަމުން ގެންދަނީ، ހިޒްބުﷲއިން އަލުން ހަތިޔާރު އެއްކޮށް، އިސްރާއީލަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުތައްވެސް ދެމުން ގެންދެއެވެ.

އިސްތިއުމާރީ އިސްރާއީލުގެ ވިސްމަކީ، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ވެފައި އޮތަސް، އިސްރާއީލަށް ހަމަލާ ދެވޭނެއެވެ. ޣައްޒާއާއި އަދި ލުބުނާނުންވެސް ފެންނަނީ އެ މަންޒަރެވެ.

އިސްރާއީލު ހުއްޓުވަން އެމެރިކާއިން އެއްވެސް ކަމެއް ނުކުރާއިރު، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ގުޅުންތަކާބެހޭ އޮފިހުގެ ތަރުޖަމާނު މިއަދު އިސްރާއީލަށް ގޮވާލާފައިވަނީ، އެއްބަސްވުމާ ޚިލާފްވެ ލުބުނާނަށް ހަމަލާތައް ނުދިނުމަށެވެ.

ހަމަ އެއާއެކު، ތަރުޖަމާނު ހިޒްބުﷲއަށް ގޮވާލާފައިވަނީ، މަސްރަހް ގޯސްވެދާނެ އެއްވެސް އަމަލެއް ނުހިންގުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ