ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރެސްމާތޮޑާ ބޯޓެއް އަޑިއަށްގޮސް ހުރިހާ މުދަލެއް ހަލާކުވެއްޖެ

990

މާލެއިން ގދ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައި އަޑިއަށް ދިޔުމުގެ ސަބަބުން އެ ބޯޓުގައި ހުރި ހުރިހާ މުދަލެއް އަޑިއަށް ގޮސްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަރަށް އަރާފައިވަނީ “ފަހިރޯޅި” ނަމަކަށް ކިޔާ ގދ. ފަރެސްމާތޮޑާގެ ބޯޓެކެވެ. އެ ބޯޓު އަޑިއަށް ދިޔައީ އިއްޔެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލެއިން މުދާ ބަރުކޮށްގެން ފަރަސްމާތޮޑާއަށް ދަތުރުކުރި ފަހިރޯޅި ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރާފައިވާ ކަމުގެ މައުލޫމާތު އިއްޔެ ފަތިހު 5:01 ހާއިރު ލިބިފައިވާ ކަމަށެވެ.

ބޯޓުގައި ތިބި މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ފެލިދުއަށް ގެންގޮސްފައެވެ. އެއީ އެ ބޯޓުން ދަތުރުވެރިންގެ ގޮތުގައި ދަތުރުކުރި ފަސް ބިދޭސީންނާއި ދިވެއްސެއްގެ އިތުރުން ބޯޓުގެ ކެޕްޓަނާއި ވެރިފަރާތް އަދި ހަތަރު ބިދޭސީ ފަޅުވެރިން ހިމެނޭހެން ޖުމުލަ 12 މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑުބައި މިހާރު އޮތީ އަޑީގައި ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

police

ފުލުހުން ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

Mussss

ދީނަށް ފުރައްސާރަކުރި އާމިރު ހޯދައި ނުފެނުނު!

އޮފީސް ޓޭބްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި