ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޔޫއެމްއަކީ އުނގެނުމާއި ދިރާސާކުރުމާއި ތަހުލީލުކުރުމުގައި ފަޚުރުވެރިވާ ޢިލްމީ މުއައްސަސާއެއް: ޑރ. ޙައިދަރު

minister haidar

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައި.ޔޫ.އެމްއަކީ މިއަދު ދިވެހި ޤައުމު ފަޚުރުވެރިވާފަދަ ޢިލްމީ މުއައްސަސާއެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ އައިޔޫއެމް ވެފައިވަނީ ދިވެހި ޤައުމުގެ އުދަރެހުން ވިދަމުންދާ ދީނީ އަދި ދުނިޔަވީ ޢިލްމާއި އިސްލާމީ ވަހުދަތާއި ޤައުމީ ޚިދުމަތުގެ އަލިގަދަ ދަންމަރަކަށްކަމަށެވެ.

15 ވަނަ ގަރުނު ފެށުނުތަނާހެން އިންދި އޮށަކުން ކުރިފަޅައި ހެދިބޮޑުވަމުން ގޮސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ މިއަދު ވެފައިވަނީ ޒަމާނީ ތައުލީމު ރާއްޖޭގެ އެކި ކަންކޮޅަށާއި މުޅި އިސްލާމީ އުންމަތައް ފޯރުކޮށްދޭ މަތީ ފެންވަރުގެ ޢިލްމީ މުޢައްސަސާއަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. ސެޓްފިކެޓާއި ޑިޕްލޮމާ ސެޓްފިކެޓުން ފެށިގެންގޮސް މާސްޓާސްއާއި ޕީއެޗްޑީއާއި ހަމައަށް މިއަދު އެ ޔުނިވަރސިޓީން ތަފާތު 100 ވަރަކަށް ޕްރޮގްރާމް ހިންގާކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

“މިއަދު އައިޔޫއެމްއަކީ އުނގެނުމާއި ދިރާސާކުރުމާއި ތަހުލީލުކުރުމުގައި ކުރިއަރާފައިވާ ދިވެހި ޤައުމު ފަޚުރުވެރިވާފަދަ ޢިލްމީ މުއައްސަސާއެއް. އައިޔޫއެމްގެ ތަސައްވުރުން ސާފުކޮށް ފެންނަން އޮންނަނީ ދިވެހި ޤައުމަށާއި އިސްލާމީ އުންމަތައް ފުޅާ ދާއިރާއެއްގައި ފައިދާހުރި ޢިލްމު ފެތުރުމުގައި އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކުރާ ޔުނިވަރސިޓީއަކަށް ވުމުގެ އަޒުމު. ހަމައެއާއެކު ޔުނިވަރސިޓީން އުފައްދާ އާލިމުންނާއި ހުނަރުވެރިންނަކީ އިސްލާމީ ޢިލްމު ކުރިއެރުވުމުގައާއި ޤައުމީ ތަރައްޤީއަށް ވިސްނާ ބައިނަލްއަޤްވާމީ މަސްރަހަށް ލޯހުޅުވިފައިވާ މާނަވީގޮތެއްގައި އުފެއްދުންތެރި ފައިދާތަކެއްކުރާ ޚިދުމަތްތަކެއްކުރާ ނަޒާހަތްތެރި އޯގާތެރި ކަމަށްކަމޭހިތާ ބައެއްކަމުގައި ވުމަށް އައިޔޫއެމްގެ މުހިންމަތެއްގެ ގޮތުގައި ކަނޑައަޅާފައިވޭ.” ވަޒީރު ޑރ. ޙައިދަރު

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 2064 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އަދި އެންމެ މޮޅު ދަރިވަރުންނާއި އެކްސެލެންސް އެވޯޑް ހާސިލްކުރި ދަރިވަރުންނަށް ވަނީ އެވޯޑް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students university

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލަނީ

2

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ

451652 6d6c190a 2

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރާ މިނިސްޓަރު ހައިދަރު ބައްދަލުކުރައްވައިފި

117

ނޭޝަނަލް ކެރިއާ ސާވިސްގެ އައްޑޫ ގޮފި ރަސްމީކޮށް ހުޅުވައިފި