އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ދެ ރަށަކަށް 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ފޮނުވައިފިއެވެ.
ސްޓެލްކޯ އިން އިތުރު ޖެންސެޓް ފޮނުވާފައިވަނީ ކ. ގުރައިދޫ އަށާއި އއ. ތޮއްޑޫ އަށެވެ.
އެގޮތުން ގުރައިދޫ އަށް ޖެންސެޓު ފޮނުވާފައިވަނީ އިއްޔެ އެވެ. އަދި ތޮއްޑޫއަށް ފޮނުވާފައި ވަނީ މިއަދު އެވެ.
ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރުތައް އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު އެ ރަށްރަށުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު